May 20, 2026
Advertisement
ލީވާން އާއި ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި ށޯޝަލް މީޑީޔާ ރަތް ކޮށްލަނީ!
ލީވާން އާއި ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި ށޯޝަލް މީޑީޔާ ރަތް ކޮށްލަނީ! / ސޯޝަލް މީޑިއާ

ލީވާން އާއި ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި ށޯޝަލް މީޑީޔާ ރަތް ކޮށްލަނީ!

May 19, 2026, 07:53 PM
މާލެ ސިޓީ

ކޯޓު އަމުރަކާ ޚިލާފުވެފައިކަމަށް ބުނެ ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސީރުއާ މުހައްމަދު ޝަހްޒާން މިިނިވަންކުރުމަށް ގޮވާލާ މީސްމީޑިޔާގައި ބޮޑު ހަރަކާތެއް ހިންގަން ނިންމައިފިއެވެ.

Advertisement

މިރޭ 08:00 އިން 10:00 އާ ހަމަށް "ޕެއިންޓް ދަ ސޯޝަލް މީޑިއާ ރެޑް" ނަމުގައި މި ކެމްޕޭން ކުރިއަށްގެންދަނީ ލީވާން އާއި ޝަހުޒާންގެ އާއިލާގެ ފަރާތުންނެވެ. 

ކޮންމެ ޕްލެޓްފޯމެއް މެދުވެރިކޮށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭއިރު ޕޯސްޓު ކުރާއިރު ލީވާން އާއި ޝަހުޒާންގެ ފޮޓޯއެއް ބޭނުންކުރުމަށް އާއިލާތަކުން ވަނީ އެދިފަ އެވެ. އަދި އެ މީހުން ދޫކޮށްލުމަށް ގޮވާލައި ބޭނުންކުރަމުން އަންނަ ހޭޝްޓެގުތައް ކަމަށްވާ "FreeLeevan", "FreeShahzan" އަދި "FreeAdhadhuJournalists" ބޭނުންކުރުމަށް ވެސް ވަނީ އެދިފަ އެވެ. 

ލީވާން އާއި ޝަހުޒާން ޖަލުގައި ބަންދުކޮށްފައި ތިބޭތާ ހަފްތާއެއް މިރެއަށް ވާނެ އެވެ. އެ ދެ ނޫސްވެރިންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. 

ލީވާނަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 10 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި، ހުކުމުގެ ބާކީ ބައި ޖޫރިމަނާއެއް ބަދަލުކުރި އެވެ. އެގޮތުން ޖުމްލަ 26،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގި އެވެ. 

ޝަހުޒާނަށް ވެސް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. އަދި ޖޫރިމަނާއަށްވާ 25،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެންގި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved