May 27, 2026
Advertisement
-
-

ސަހްޔޫނީންނާއިއެކު "ނޯމަލައިޒޭޝަން" އަށް ސައުދީ އިންވެސް ނޫނެކޭ ބުނެފި

Aiminath Sarah
އައިމިނަތް ސާރާ
May 27, 2026, 06:19 PM
މާލެ ސިޓީ

ސަހްޔޫނީންނާއިއެކު ގުޅުން ބަދަހިކުރުމަށް ނުވަތަ "ނޯމަލައިޒޭޝަން" އަށް ސައުދީ އަރަބިއްޔާއިން ރަސްމީކޮށް ނޫނެކޭ ބުނެފިއެވެ. ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް އިސްރާއީލާއެކު އެއްވެސް ކަހަލަ ސިޔާސީ ގުޅުމެއް ގާއިމުނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement

ސައުދީގެ އިތުރުން، ޕާކިސްތާނުންވެސް ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ނޫނެކޭ ބުނެފައެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވާ މިނިވަންކަން ލިބެންދެން އެ ގައުމުގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މި ދެ ގައުމުންވެސް ވަނީ އެމެރިކާ އިސްވެ އޮވެ ކުރިއަށްގެންދާ "އެބްރަހަމް އެކޯޑްސް" އާ ދެކޮޅު ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ބައެއް އަރަބި ގައުމުތަކުން އިސްރާއީލާއެކު ގުޅުން ގާއިމުކުރި ނަމަވެސް، ސައުދީ އާއި ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި މިއީ ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލެއް ނޫނެވެ.

ސައުދީ އަރަބިއްޔާއިން ބާރުއަޅަމުންދަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ. މި ޝަރުތުތައް ފުރިހަމަނުވެ އިސްރާއީލާއެކު އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށް އެ ގައުމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved