February 26, 2026
Advertisement
-
- / ސައުދީގެޒެޓް

އެމެރިކާއަކީ ސުލްހައަށް ހުރަސްއަޅާ، ހަނގުރާމައަށް ފެންބޮވައިގަންފައިވާ ބައެއް: ސައުދީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 10, 2026, 06:51 AM
މާލެ ސިޓީ

ސައުދީ އަރަބިއްޔާގެ ތެޔޮ ސާފުކުރާ ރިފައިނަރީތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އެހީތެރިކަމަށް އެދުމުން އެ ގައުމުން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށް ބުނެ، ސައުދީން އެމެރިކާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

Advertisement

ސައުދީ ސަރުކާރުގެ އިސް އޮފިޝަލުން ހާމަކުރި ގޮތުގައި، ގައުމުގެ އިގްތިސާދީ މައިނާރަށް ހަމަލާދިން ދަނޑިވަޅުގައި އެމެރިކާ އޮތީ ހިމޭނުންނެވެ. ނަމަވެސް، މިހާރު އީރާނާއެކު ގާއިމްކުރަން މަސައްކަތްކުރާ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާއިން ގަސްތުގައި ހުރަސްއަޅަމުންދާ ކަމަށް ސައުދީން ތުހުމަތު ކުރެއެވެ.

ސައުދީން ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް، އީރާނާއެކު އޮތް ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ސެބޮޓޭޖް ކުރުމަށް އެމެރިކާއިން ދަނީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ. މީގެ ބޭނުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލައި، އަބަދުވެސް ހަނގުރާމައެއްގެ ތެރޭގައި ސަރަހައްދު ބޭއްވުން ކަމަށް ސައުދީން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައުދީގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، އެމެރިކާއަކީ ހަމައެކަނި ހަނގުރާމައަށް ބަރޯސާވެގެން އޮންނަ "ހަނގުރާމަވެރި އެމްޕަޔަރެއް" ކަމަށެވެ. އަދި އެ ގައުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ކޯޅުންތަކާއި ނުތަނަވަސްކަމާ ނުލައި ދިރިނުހުރެވޭނެ ފަދަ ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ސައުދީން ވަނީ ސިފަކޮށްފައެވެ.

މި ބަޔާނަކީ ފަހުގެ ތާރީޚެއްގައި ސައުދީން އެމެރިކާއާ ދެކޮޅަށް ދީފައިވާ އެންމެ ހަރުކަށި ބަހުގެ ހަމަލާއެވެ. މީގެން ދޭހަވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމާއި، ސައުދީން މިހާރު ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، އަމިއްލަ ސަރަހައްދީ ސުލްހައަށް އިސްކަންދޭން ފަށާފައިވާ ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved