March 27, 2026
Advertisement
މޫސާ އަލީ ޖަލީލަށް ކާމިޔާބު ނުވާނެކަން އެނގުމުން "ޝިއުނާ"ގެ ރާކަނިން ތެޅި ފޮޅެނީ!
މޫސާ އަލީ ޖަލީލަށް ކާމިޔާބު ނުވާނެކަން އެނގުމުން "ޝިއުނާ"ގެ ރާކަނިން ތެޅި ފޮޅެނީ! / ތޭރަގްރެފިކްސް

މޫސާ އަލީ ޖަލީލަށް ކާމިޔާބު ނުވާނެކަން އެނގުމުން "ޝިއުނާ"ގެ ރާކަނިން ތެޅި ފޮޅެނީ!

Feb 9, 2026, 11:38 PM
މާލެ ސިޓީ

އުމުރުން ދުވަސްވެފައިވާ މީހުންނަކީ ބޭނުން ހިފޭނެ ބައެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ބުނެފައިވާއިރު، އެ ޕާޓީއިން މާލޭގެ މޭޔަރު ކަމަށް ނެރުނު މޫސާ އަލީ ޖަލީލަށް ތާއީދު ނުލިބޭނެކަން ހާމަވުމުން، މި ސަރުކާރު ޕްރޮމޯޓުކުރަން ބޮޑު ފައިސާ ނަގައިގެން އުޅޭ މަރިޔަމް ޝިއުނާ ވަރަށް ސިއްރުން ހިންގާ "ރާކަނި" ބްލޮގުއިން ތެޅި ފޮޅެން ފަށައިފިއެވެ.

Advertisement

އެގޮތުން މޫސާ އަލީ ޖަލީލަކީ ރިޓަޔާޑު ޕެކޭޖަކަށްވުމުން މާލޭގެ ގިނަ ރައްޔިތުން އޭނާ ބަލައިނުގަންނަކަން ޕީއެންސީއިން ޖެއްސި ކޯލު ސެންޓަރުތަކުންނާ އަދި ޑޯޓުޑޯއިން ހާމަވުމުން "ރާކަނި" ބްލޮގު މެދުވެރިކޮށް ޝިއުނާ ގެންދަނީ މާލޭގެ މޭޔަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ހުރި އިސްމާއިލް ޒަރިޔަންދު އެމްޑީޕީ ކެންޑިޑޭޓާ އެކު ބައިއަތު ހިފައިފި ކަމަށް ބުނެ ދޮގު ފަތުރަމުންނެވެ.

ދޮގު ފަތުރަނީ އެހެން މީހުން ކަމަށް ނަން ކޮށް ޝިއުނާ ގެންދަނީ އޭނާއާ "ޕާސަނަލީ" ގާތް ގުޅުމެއް އޮންނަ މުއިއްޒުގެ ޕާޓީއިން ނެރުނު ކެންޑިޑޭޓެއް ނެތް ތާއީދު ހޯދުމަށް ބުހުތާނު ދޮގު އޭނާގެ ބްލޮގު މެދުވެރިކޮށް ފަތުރަމުންނެވެ.

އެގޮތުން ޒަރިޔަންދު އެމްޑީޕީގެ ކެންޑިޑޭޓާއި އެކު ސަލާން ކުރާ ފޮޓޯއެއް ދައުރުކޮށް ޝިއުނާ ވަނީ "ރާކަނި" ބްލޮގުގައި ޒަރިޔަންދުއާ އާދަމް އާޒިމް ބައިވެ މާލޭގެ މޭޔަރު ކަމުގެ ގޮނޑި އާޒިމަށް ދޫކޮށްލަން ނިންމި ކަމަށް ބުނެ ބޮޑެތި ދޮގުތައް ފަތުރާފައެވެ.

ޝިއުނާގެ ހިތަށް އެ ފޮޓޯ ފެނި ވަރަށް ތަދުވެގެން ލޮލަށް ނިދި ނައިސްގެން ނިގާބުވެގެން ހުރެވެސް ތެދެއް ނުހަދާ، މީހުންގެ އަބުރު ކަތިލަމުންދާއިރު ހަގީގަތަކީ ޒަރިޔަންދު އަދިވެސް ހުރީ ޒަރިޔަންދު ފުރަތަމަވެސް ނެގި ސްޓޭންޑާ އެކުއެވެ.

އޭނާ މާލޭގެ މޭޔަރު ކަމަށް ނުކުންނާނީ މިނިވަން ގައުމީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަން އަނބުރާ ގެންދަން ޒަރިޔަންދަށް ހާސް ފަހަރު، "ރާކަނި" ބްލޮގު ހިންގާ ޝިއުނާގެ ޕާޓީއިން ހުށަހެޅުންތައް ހުށަހެޅުމުންވެސް އެކަމަށް އާއެކޭ ޒަރިޔަންދު ނުބުނުމުން ދެން އެހެން ގޮތަކުން ޒަރިޔަންދުގެ އަގު ވައްޓާލާ އެންޓި ކެމްޕެއިން ކުރަމުން ދިޔަ ނަމަވެސް ޒަރިޔަންދު ވިދާޅުވީ "ފުރިފައި ހުރި އެއްޗެއް ގުޑު ގުޑެއް ނާޅާނެ" ކަމަށެވެ.

ޝިއުނާއަކީ މި ސަރުކާރު ޕްރޮމޯޓު ކުރުމަށް ކުރިން ޒުވާނުންގެ ވުޒާރާގައި ބަހައްޓާފައި ހުރި ބޮޓެކެވެ. އެތަނުގައި ހުއްޓާ، ޑިޕްލޮމެސީ ނޭނގި، އަވައްޓެރި ގައުމެއްގެ ބޮޑުވަޒީރަށް ކުޑައިމީސް ބަސްތައް ރައްދުކުރުމުން ޕަބްލިކުގެ ޕްރެޝަރާ ދުނިޔޭގެ ޕްރެޝަރ ބޮޑުވެ އެތަނުން ވަޒީފާއިން ވަކިކުރުމަށް ފަހު މިހާރު ހުންނަނީ އެމްއޭސީއެލްގެ މަގާމެއް 40،000 ރުފިޔާ މުސާރައިގެ ގޮތުގައި ދީ މުއިއްޒުގެ ސަރުކާރު ރައްކާތެރިކުރަން ދޮގު ޚަބަރު ފަތުރަން ބްލޮގެއް ވެސް ހަދާދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved