theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝިއުނާ ޒަރިޔަންދުއާ އަޅައިގަނެއްޖެ / ތޭރަގްރެފިކްސް
ހަބަރު
ޝިއުނާ ޒަރިޔަންދުއާ އަޅައިގަނެއްޖެ
29 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމްއޭސީއެލްގެ ސިޔާސީ މަގާމެއްގައި ހުރި މަރިޔަމް ޝިއުނާ، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުއާ އަޅައިިިިިިިިިިިިިގަނެފިއެވެ.

ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން، ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ނިކުތުމަށް އެންޑޯޒުކުރެއްވުމުން އެކަން ހަޖަމްނުވެގެން ޝިއުނާ ވަނީ އެކްސްގައި ޕޯސްޓެއްކޮށްފައެވެ. ޝިއުނާ ވަނީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ރައީސް ޔާމީންގެ ޓިކެޓުގައި ނިކުންނަނީ ކަމަށް ބުނެފައެވެ.

ޝިއުނާގެ މި ވާހަކައަށް ޒަރިޔަންދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޒަރިޔަންދު ވިދާޅުވީ، ޤައުމީ މަސައްކަތެއްގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ ހައިބަތާއި ޖާހާއި މަންފާއަށް ވުރެ ރައްޔިތުންނަށް ތެދުވެރި އަމާނާތްތެރި ޚިދުމަތެއްކުރުމުގެ ނިޔަތް ކަމަށެވެ. އަދި އެފަދަ ހިދުމަތަކަށް ޝިއުނާއާއި އެހެނިހެން ފަރާތްތަކުން ތާއިދުގެ "ޓިކެޓް" ދެއްވާނަމަ އެފަރާތްތަކަށް ޝުކުރު ރައްދުކުރާ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަށް ވަނީ ޕީއެންއެފްެ އެންޑޯޒްމަންޓު ލިބިފައެވެ. ޒަރިޔަންދު ކައުންސިލްއަށް ވާދަކުރައްވާނީ ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޒަރިޔަންދު ކުރިން ވިދާޅުވެފައިވަނީ މޭޔަރުކަމަށް ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ބަޔަކު އައިސްފި ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެބަޔަށް ވަގުތު ނޯންނާނެ ކަމަށާ އެބަޔަކު އުޅޭނީ ޕާޓީ ޕްރޮމޯޓުކުރުމުގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved