May 23, 2026
Advertisement
ރާއްޖެ މިއަދު ވަނީ ފެއިލްޑް ސްޓޭޓަކަށް ވެފައި: މަލީހު
ރާއްޖެ މިއަދު ވަނީ ފެއިލްޑް ސްޓޭޓަކަށް ވެފައި: މަލީހު / މިހާރު

ރާއްޖެ މިއަދު ވަނީ ފެއިލްޑް ސްޓޭޓަކަށް ވެފައި: މަލީހު

May 23, 2026, 07:54 PM
މާލެ ސިޓީ

ދިވެހިރާއްޖެއަކީ މިއަދު ފެއިކްވެފައިވާ ދައުލަތެއްގެ ގޮތުގައި، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.

Advertisement

ސިލްސިލާކޮށް މާލޭގައި މިހާރު ކުރަމުންދާ މުާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ކުރި މުޒާހަރާގައި ަހއްޔަރުކުރި ޕީއެންއެފަށް ތާއިދުކުރާ ދެ ބައިވެރިއަކު ދޫނުކޮށް އަދި ކޯޓުން މުއައްދަތުވެސް ނުޖަހާ ފުލުހުން ބައިތިއްބާފައިވާ ތިބި ތިބުމަށް އިޝާރާތްކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މަލީހު ވިދާޅުވެފައިވަނީ އެއީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށާ، މީހަކު ދައްކާ ވާހަކައަކަށް ބިނާކޮށް ހިފާ ހައްޔަރުކުރާ ކުރުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ ހިނގަމުންދާ ހުރިހާ ކަންކަމަށް ބަލާ، މިއަދު ރާއްޖެވަނީ ފެއިލްވެފައިވާ ދައުލަތެއްގެ ގޮތުގައި ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ނޫސްވެރިންނާ އަދި މަގުތައް މަތީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހންވެސް ހިފާ ހައްޔަރުކޮށް ބިރު ދައްކަމުން ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved