
ސަރުކާރު ހިންގާ ޕާޓީއިން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުންވެސް އެއްވެސް ފިޔަވަޅެއް ނާޅާ އިލެކްޝަން ކޮމިޝަން އިން ހަނު އޮތުމުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތހާބުގައި ސްކޫލެއްގެ ބިއްލޫރި ގަނޑުތައް ތަޅާލާ ގޮނޑި މޭޒަށް ގެއްލުން ދިނުމުން އެކަމުގެ ވީޑިއޯތައް މީސްމިޑީޔާގައި ދައުރުވެފައިވެއެވެ.އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ޕީއެންސީއިން އެފަދަކަމެއް ކުރުމުން ފިޔަވަޅު އަޅަން އީސީއަށް ކެރޭނެތޯ އާ ފިޔަވަޅު އެޅުމުގައި ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެއެވެ.
މަލީހު އިތުރަށް ވިދާޅުވީ ޒުވާނުން ރުޅި އެރުވީ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމު އަބްދުﷲ ކަމަށާ އިންތިހާބު އޮޅުވާލީ ކަމަށެވެ.
ބެލެވޭ ގޮތުގައި އީސީއަށް މަލީހުގެ ބަހުގެ ހަމަލަާތަކެއް އަމާޒުކުރެއްވީ ޕީއެންއެފްއަށް ދާދި ފަހުން ފިޔަވަޅު އަޅާ އަޚްލާގީ މިންގަޑާ ޚިލާފުވާނަމަ ޕާޓީ އުވާލާނެ ކަމުގެ އިންޒާރުދީ އީސީއިން އެ ޕާޓީއަށް ބިރު ދައްކާފައިވާތީ އެހެން ޕާޓީ އަކުން އެފަދަ އަޚްލާގީ މިންގަޑެއް ނުހިފަހައްޓާތީ އެކަމުގެ ރައްދެވެ.










