June 7, 2026
Advertisement
-
-

ކުޝްނާގެ މަޝްރޫއާ ދެކޮޅަށް އަލްބޭނިއާގައި ބޮޑު މުޒާހަރާއެއް

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 11:47 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖޭރެޑް ކުޝްނާއާ ގުޅުން ހުރި ކަމަށް ބުނާ 1.2 ބިލިއަން ޑޮލަރުގެ އައްސޭރިފަށުގެ ފަތުރުވެރިކަމުގެ މަޝްރޫއަކާ ދެކޮޅަށް، އަލްބޭނިއާގެ ދިހަހާސް މީހުން މަގުތަކަށް ނުކުމެ ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.

Advertisement

މި މުޒާހަރާގެ ބައިވެރިން ވަނީ އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށް ގޮވާލާފައެވެ. މުޒާހަރާގައި ބޭނުންކުރި ބައެއް ބެނާތަކުން ފެންނަ ގޮތުގައި، ކުޝްނާގެ އަންހެނުން އަދި ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާ މަޝްރޫއުގެ ތަޅުދަނޑި ހަވާލުކުރާ މަންޒަރުތައް ސިފަކޮށްފައިވެއެވެ.

މި މައްސަލައިގެ މައިގަނޑު ކަންބޮޑުވުމަކީ، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ވްޖޯސާ-ނާޓާ ސަރަހައްދާއި، ކުރީގެ ސިއްރު ކޮމިއުނިސްޓް ޒަމާނުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ސަޒާން އައިލެންޑްގައި ބިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އުޅުމެވެ. އާންމުންގެ ރުޅިވެރިކަން އިތުރަށް ގަދަވެގެންދިޔައީ، ހިމާޔަތްކޮށްފައިވާ ސަރަހައްދު ކައިރީގައި ބުލްޑޯޒަރުތަކުން މަސައްކަތްކުރާ މަންޒަރު ފެންނަ ފޫޓޭޖްތަކެއް އާންމުވުމުންނެވެ. މީގެ އިތުރުން، މަޝްރޫއު ކުރިއަށްދާ ސަރަހައްދު ކައިރީގައި ހުރި މީހަކަށް ސެކިއުރިޓީ ގާޑުން ހަމަލާދިން ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

މުޒާހަރާގެ ބައިވެރިން މިހާރު ޑިމާންޑް ކުރަމުންދަނީ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫއުތަކަށް މަގުފަހިކޮށްދޭ އަލްބޭނިއާގެ "ސްޓްރެޓެޖިކް އިންވެސްޓަރ އެކްޓް" އުވާލުމަށެވެ. އަދި ކޮންޒަވޭޝަން ޒޯންތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ހުއްދަ ދޭ ގޮތަށް "ޕްރޮޓެކްޓެޑް އޭރިއާސް" ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ބަދަލުކުރުމަށް ވެސް އެ މީހުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved