
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އީރާނުގެ ސުޕްރީމް ލީޑަރު މޮޖްތާބާ ޚާމަނާއީ ތައުރީފު ކުރައްވައިފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން މިކަން ކަށަވަރުކޮށްދެމުން ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޕާކިސްތާނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސުޕްރީމް ލީޑަރު މޮޖްތާބާ ޚާމަނާއީ ވަނީ ސުލްހައިގެ އެއްބަސްވުން ގާއިމްކުރުމުގައި ޕާކިސްތާނުން އަދާކުރި ދައުރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
ޕާކިސްތާނަކީ އަބަދުވެސް ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމުކުރުމުގައި މުހިންމު އަދި ބޮޑު ދައުރެއް އަދާކުރަމުންދާ ގައުމެކެވެ. ޚާއްސަކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ހައްލުކުރުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި އުފެދޭ ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން އަންނަނީ މެދުވެރިއެއްގެ ދައުރު ހަރަކާތްތެރިކަމާއެކު އަދާކުރަމުންނެވެ.
މި މަސައްކަތުގެ ސަބަބުން އީރާނާއި އެމެރިކާގެ ގުޅުން ރަނގަޅުވެ، މެދުއިރުމަތީގެ މަސްރަހަށް ހަމަޖެހުން އަންނާނެ ކަމަށް ސިޔާސީ މުހައްލިލުން އުންމީދު ކުރެއެވެ.










