
ސިޔާސީ ގޮތުން ވިސްނުމާފިކުރު އެއްކޮޅަށް ބުރަވެފައި ހުރި މީހެއްގެ ނަން އިލްކެޝަން ކޮމިޝަނަށް އައްޔަންކުރަން ހުށަހެޅުމަކީ އިހްލާސްތެރިކަމެއް ނޫން ކަމަށް އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުރި މުހައްމަދު ޝަކީލުގެ ނަން، އީސީއިން ހުސްވެފައިވާ މެމްބަރަކުކަމަށް އައްޔަންކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ އަލީ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަކީލުއަކީ ސިޔާސީ ގޮތުން ވަކިކޮޅަށް ބުރަވެ ހުސްވެފައިވާ ބޭފުޅެއްކަން ޝަކީލުގެ އެކްސް ހެންޑްލްއަށް ބަަލއިލުމުން އެކަނިވެސް ކޮންމެ މީހަކަށްވެސް ކަށަވަރުވާނެކަން ޔަގީންކަމަށެވެ.
އެހެންކަމުން އެފަދަ ބޭފުޅަކު އެފަދަ މިނިވަން މުއަސްސަސާއެއްގެ އެންމެ އިސްމަގާމަށް އައްޔަނު ކުރުމަށް މަޖިލީހަށް ނަން ފޮނުވާއިރު، މިނަން ފޮނުވި ބޭފުޅެއްގެ އިޙުލާސްތެރި ކަމާއި މެދުވެސް ސުވާލު އުފެދުމުގެ ޖާގަ އިންތިހާއަށް އޮތްކަން އެއީ ހޭބުއްދި ސަލާމަތުން ހުރި ކޮންމެ ރައްޔިތަކު ދެބަސް ވާނެ ކަމެއް ނޫން ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އެއާއެކު، ޝަކީލުއަކީ ސަރުކާރު ހިންގާ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައިވެސް ހުރި ބޭފުޅާކަން ފާހަގަކުރައްވާ އަލީ ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓުރާ ކަމުގައި މިއަދު ހުންނެވުމަށް ފަހު ޖެހިގެން އަންނަ ދުވަހު މިނިވަން އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގައި ހުރެ ކިހާމިންވަރަކަށް މިނިވަންކަމާއި އެކު މަސައްކަތް ކުރެއްވޭނެ ކަން މިއަދުގެ ސިޔާސީ މަސްރަހު ކުޑަކޮށްވެސް މުޠާލިއާ ކޮށްލާ މީހަކަށް އޮޅިފައި ނުވާނެކަމަށެވެ.
އެއްކޮޅުން ސިޔާސީ ހިޔާލު ތަފާތު ކުރުން ދުރުކޮށް ގައުމަށް އިޙްލާސްތެރިކަން އިސް ކުރަން ރައީސް މުއިއްޒު ވިދާޅުވާއިރު އަނެއްކޮޅުން މިކަހަލަ ޖަރީމާތައް ފާޅުގައި ހިންގަވަން އެމަނިކުފާނު މަސަތްކަތް ކުރުމަކީ ރައީސް މުއިއްޒުގެ ހަސީލަތް ނުބައިކަން ތައްމިނަށް ފެންނަން އޮތް ކަން ދިވިހިން ދަންނާނެ ކަމެއް ކަމަށްވެސް އަލީ ވަނި ވިދާޅުވެފައެވެ.
ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން %70 މީހުން ވަނީ މި ހަސީލަތް ނުބައި ސަރުކާރަށް ނޫނެކޭ ބުނެފައިކަމާ އެބައިމީހުންގެ ބަސް އަޑުހަރުކޮށް ބުނެ އަންގާފައިވާކަމަށްވެސް އަލީގެ ޕޯސްޓުގައިވެއެވެ.
އެހެންކަމުން ކިތަންމެ ވަރަކަށް ވޯޓު ފޮއްޓާ ކުޅުމުގެ ނިޔަތުގައި ރައިސް މުއިއްޒުގެ ޕަޕެޓުން އީސީއަށް އައްޔަންކުރި ނަމަވެސް ، ރައްޔިތުންނަށް ވޯޓުގެ ފުރުސަތު ލިބުމުން ރައްޔިތުން އެ ރައްޔިތުންގެ ބަސް އިއްވާ އަނގާނެކަން ވަނީ ކުރިން ސާބިތުކޮށްދީފައިކަން ފެންނަން ހާމައޮތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ނިސްބަތުން މިގައުމުގައި ތިބީ ތަންދޮރު ނޭނގޭ ބަޔެއްކަމުގައި ވެރިކަމުގައި ތިބި މީހުންނަށް ހީވި ނަމަވެސް އަދި ފައިސާ ފޮއްޗަކަށް އަދި ވަޒީފާއަކަށް ނަފުސް ވިއްކާލާނެ މަދު ބަޔަކު ތިބި ނަމަވެސް ގައުމާއި ރައްޔިތުންގެ އެމީހުންގެ ހައްގަށް ބަސް ބުނާނެ މީހުން ގިނަކަން ފާއިތުވި ދުވަސްތަކުން ވަނީ ދައްކާފައި ކަމަށާ، ދިވެހިންނަކީ ތަހުޒީބު މުޖުތަމައެއްގެ ބައެއްކަން ވަނީ ސާބިތުވެސް ކޮށްދީފައި ކަމަށް ވިދާޅުވެ އަލީގެ ސާބަހާ ހިތްވަރު ދިވެހިންނަށް އަރިސްކޮށްފައިވެއެވެ.
އަދިވެސް އެކަހަލަ ފުރުސަތެއް ދިވެހިންނަށް ލިބިއްޖެނަމަ ކިތަންމެ ބިރެއް ދެއްކިޔަސް އަދި އޮޅުވާލުމާއި މަކަރަށް މަގުފަހި ކުރިކަމުގައިވިއަސް ދިވެހިންގެ ބަސް ދިވެހިން އިއްވާނެ ކަމަށާ ދިވެހިން ތިބީ ފިސާރި ލޯހުޅުވައިގެން ފަސްމަންޒަރު ވަރަށް ރަންގަޅަށް މުޠާލިޔާކުރަން ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ
ބަސްބުނާނީ ފިސާރި ބާރަށް މަކަރާއި ހީލަތްތެރިންގެ ކަންފަތްތަކަށް ފިނިވާ ވަރަށް ބަސްބުނުމުގައި ސާބިތުކޮށްކަން ޔަގީން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ







