June 18, 2026
Advertisement
-
-

ތެދެއް މިރޭ ގޯޓް ކުޅެޔޯ؟

Aiminath Sarah
އައިމިނަތް ސާރާ
Jun 17, 2026, 08:40 PM
މާލެ ސިޓީ

ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުންދާއިރު، މުޅި ދުނިޔޭގެ ސަމާލުކަން މިރޭ އޮތީ ޕޯޗުގަލް ކުޅޭ މެޗަށެވެ. މިއަދު ހެނދުނު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދެއްކި ހައިރާންކުރުވަނިވި ކުޅުމާއެކު، ސަޕޯޓަރުންގެ މެދުގައި "ގޯޓް"ގެ ބަހުސް އަނެއްކާވެސް ވަނީ އުތުރި އަރަން ފަށާފައެވެ.

Advertisement

މިއަދު ހެނދުނު ކުޅުނު މެޗުގައި މެސީ ވަނީ ފުރިހަމަ ހެޓްރިކެއް ހަދައި، އޭނާގެ ފެންވަރު ދުނިޔެއަށް ދައްކާލާފައެވެ. މެސީގެ މި ކާމިޔާބީއާއެކު އޭނާގެ ސަޕޯޓަރުން އުފާފާޅުކުރަމުންދާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުން ބުނަމުންދަނީ ހަގީގީ "ގޯޓް" ފެނިގެންދާނީ މިރޭ ޕޯޗުގަލް ކުޅޭ މެޗުގައި ކަމަށެވެ.

ވޯލްޑް ކަޕްގެ މި މުހިންމު މެޗަށް ޕޯޗުގަލް ނުކުންނައިރު، ރޮނާލްޑޯގެ ފަރާތުން މެސީއަށްވުރެ ފުރިހަމަ ރައްދެއް ފެންނާނެ ކަމަށް އޭނާގެ ފޭނުން އުއްމީދު ކުރެއެވެ. "މެސީ ހެޓްރިކެއް ހެދިޔަސް، މިރޭ ރޮނާލްޑޯ ދަނޑަށް އެރުމުން އެނގޭނެ ކާކުކަން އަސްލު ގޯޓަކީ" ސޯޝަލް މީޑިއާގައި ސަޕޯޓަރަކު ލިޔެފައިވެއެވެ.

މި ދެ ކުޅުންތެރިންގެ ވާދަވެރިކަމުގެ ސަބަބުން މިރޭގެ މެޗުގެ ފޯރި ވަނީ އިންތިހާއަށް ގަދަވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މި ދެ ތަރިންގެ ފަހު ވޯލްޑް ކަޕަށް ވުމުން، ކޮންމެ މެޗަކީވެސް އެކަކު އަނެކަކަށްވުރެ ކުރި ހޯދުމަށް ކުރާ ވަރުގަދަ ހަނގުރާމައެކެވެ.

މިރޭ ޕޯޗުގަލް މެޗުން ރޮނާލްޑޯ ފެނިގެންދާއިރު، އޭނާ ލަނޑު ޖަހައިގެން މެސީގެ ރެކޯޑްތަކާ އަރާ ހަމަކުރާނެތޯ ބެލުމަށް ދިވެހި ފުޓްބޯޅަ ސަޕޯޓަރުންވެސް ތިބީ ކެތްމަދުވެފައެވެ. ކޮންމެއަކަސް މިރޭގެ މެޗަށްފަހު "ގޯޓް" އަކީ ކާކުކަމުގެ ބަހުސް އިތުރަށް ހޫނުވާނެކަން ޔަގީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved