June 25, 2026
Advertisement
ފަހި ދިރިއުޅުން ފްލެޓުތަކުގައި ގާބޭޖް ޝޫޓް ހަރުނުކުރާތީ ހައުސިން މިނިސްޓަރު މަޖިލީހަށް!
ފަހި ދިރިއުޅުން ފްލެޓުތަކުގައި ގާބޭޖް ޝޫޓް ހަރުނުކުރާތީ ހައުސިން މިނިސްޓަރު މަޖިލީހަށް! / ރައީސް އޮފިސް

ފަހި ދިރިއުޅުން ފްލެޓުތަކުގައި ގާބޭޖް ޝޫޓް ހަރުނުކުރާތީ ހައުސިން މިނިސްޓަރު މަޖިލީހަށް!

Jun 24, 2026, 08:36 PM
މާލެ ސިޓީ

ފަހި ދިރިއުޅުން ފްލެޓުތަކުގައި ގާބޭޖް ޝޫޓް ހަރުނުކުރާތީ ކަމާ ގުޅުން ހުރި ވަޒީރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން އެދިއްޖެއެވެ.

Advertisement

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި އަމާން ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ "ގާބޭޖް ޝޫޓް" ހަރުކުރަން ކުރިން އޮތް އޮތުމާ އެއް ގޮތަށް އެކަން ނުކުރާތީ ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދޭން އެދިފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މެމްބަރު ކުޑޫ ވަނީ ވަޒީރު މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަޖިލީހަށް އޭނާ ފޮނުވި ސިޓީ އާންމުކުރައްވާފައެވެ.

ސޯޝަލް މީޑިޔާގއި އާންމުކުރެއްވި އެ ސިޓީގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިހާރު ކަންތައް ހުރިގޮތުން ގޭބިސީތަކުން އުފެދޭ ކުނި ތިރިއަށް ގެންދަންޖެހެނީ ލިފްޓުގައިކަމަށާ އޭގެ ސަބަބުން އިތުރު މީހުންނާއެކު ކުނި ކޮތަޅުތައް ހިފައިގެން ލިފްޓުގައި ދަތުރުކުރަން ޖެހުމުން އެކަމުގެ އުނދަގޫ އެހެން މީހުންނަށް ފޯރުމުގެ އިތުރުން އެކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ވެސް ބަލާއިރު އެންމެ އެދެވޭ ގޮތެއް ނޫން ކަމަށެވެ.

މިދިޔަ ސަރުކާރުން އިމާރާތްކުރި ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުނުކުރަނީ ކީއްވެކަން ސާފުކޮށްދިނުމަށް ވަޒީރު މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް ވަނީމުއްތަލިބުއަށް ފޮނުވި ސުވާލުކުރުމުގެ ނޯޓިސްގައި އެދިފައިވެއެވެ.

މިދިޔަ ސަރުކާރުން އެޅި 4000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތައް ފަރުމާ ކޮށްފައި ވަނީ ގާބޭޖު ޝޫޓް ހަރުކުރާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ފުރިހަމަކޮށްފައި ނުވެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved