theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
އެފްޑީސީ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި
Yana Shareef
ޔާނާ ޝަރީފް
20 ޑިސެމްބަރު 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި އަމިއްލަފުޅަށް ބޮޑު ކުރެއްވުމަށްފަހު ރައީސް މުއިއްޒު ކުޑަވެސްކުރައްވައިފިއެވެ.

އެ ގޮތުން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10،500 ރުފިޔާ، 10،000ރ. އަށް ކުޑަކޮށްދެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުން މިހާރު މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަގުން 1000ރ. އުނި ކުރެވިގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މި ބަދަލާ އެކު 7،000ރ. ކުލީގެ ގޮތުގައި ދައްކަން ހަމަ ޖައްސާފައި އޮތް ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދެން ދައްކަން ޖެހޭނީ 6،000ރ. އެވެ.

އަދި 3 ކޮޓަރީގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ ވެސް އެ ފްލެޓްތަކުގެ އެއް މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިކަން ހާމަ ކުރެއްވީ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި ހުކުރު ވިލޭރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ.

މުއިއްޒު މި ގޮތަށް އިއުލާނު ކުރެއްވުމާއެކު ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެފްޑީސީ އިން ދޫކުރާ 4000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ބަދަލު ގެނެވިފައިވާ ގޮތް ހާމަ ކުރައްވާފަ އެވެ.

ކުރީ ސަރުކާރުން މި އަގުތައް 15 ނޮވެމްބަރު 2023 ގައި އާންމު ކޮށް އިއުލާނު ކޮށްފައިވަނިކޮށް، އަގުތަކަށް ބަދަލު ގެނެސް އަދި ޑިޕޮސިޓުގެ ގޮތުގައި އެއްވެސް ފައިސާ އެއް ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށް، 3 ކޮޓަރި އަށް 25،000ރ. އަދި 2 ކޮޓަރި އަށް 15،000ރ. ގެ ޑިޕޮސިޓެއް ނަގާ ގޮތަށް ހަމަ ޖެއްސީ ރައީސް މުއިއްޒު ވެރިކަމުގަ އެވެ.

މިހާރު މި ގެނައި ބަދަލާ ގުޅިގެން ހައުސިންގ މިނިސްޓްރީ އިން ބުނީ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކެނޑުމަށް ފަހު ބާކީ ހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަ ޖައްސާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved