theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ވަޒީރު މުއްތަލިބު / -
ހަބަރު
އައްޑޫގެ ތަރައްގީ ކުރިއަށް ނުދާ ސަބަބާ މެދު ސުވާލުކުރުމަށް ވަޒީރު މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ
17 ޖެނުއަރީ 2026
މާލެ ސިޓީ

އައްޑޫއަށް ވެފައިވާ ވައުދުތަކާއި އެޔާގުޅިގެން ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެެއް ކުރިއަށް ނުދާ ސަބަބާ މެދު ސުވާލުކުރުމަށް ހައުސިން އެންޑް ކޮންސްޓްެރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މުއްތަލިބު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ، އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަހްމާންއެވެ.

އައްދު ހުށަހަޅާފައިވާ ހުށަހެޅުމުގައި ވަނީ، އައްޑޫއަށް ވެފައިވާ ވައުދުތަކާއި އެޔާގުޅިގެން ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެެއް ކުރިއަށް ނުދަނީ ކައުންސިލާއި މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސާފުކުރުމަށް އެދިފައެވެ.

އެގޮތުން 2 ސުވާލެއްގެ މައްޗަށް ބިނާ އައްދު ވަނީ މުއްތަލިބާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދިފައެވެ. އެ ސަބަބުތަކަކީ:

  • އައްޑޫ މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި ރައީސް މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ފައްޓަވާފައިވާ މަޝްރޫއުތަކުގެ އިތުރުން މުޅި އައްޑުއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ކައުންސިލް ނުވަތަ އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އެއްބާރުލުން ލިބިނުލައްވައިގެންތޯ؟ އާ

  • މިކަންކަން ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދެއްވީމަތޯ؟ އެވެ.

އެ ހުށަހެޅުމަކީ އޭނާ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސުވާލުތައް ކޮށްދިނުމަށް ރައްޔިތުން އެދިފައިވާތީ ހުށަހަޅާ ހުށަހެޅުމެއް ކަމަށްވެސް އައްދު ވިދާޅުވެފައިވެއެވެ.

އައްޑޫގެ ތަރައްގީއާ ގުޅިގެން ސުވާލުކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިފައިވާއިރު، އައްޑޫގެ ތަރައްގީ ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?