
އެފްޑީސީގެ ޗެއަރޕާސަން، މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުރި ގ. ރޯސްއައިލެންޑް، އަލްފާޟިލް ނަޝްވާ އަބްދުالله ބުރާސްފަތި ދުވަހުން ފެށިގެން އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ޕަބްލިކް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ރާއްޖެއަށް 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ނަޝްވާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ނަޝްވާ ވަނީ އެކި މިނިސްޓްރީތަކުގައާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރެއްގެ މަގާމު ވެސް 2019 އާ ހަމައަށް ފުރުއްވާފައެވެ.










