June 25, 2026
Advertisement
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދުއާ ދެކޮޅަށް ޕީއެންސީއިން ކެމްޕެއިން ކުރިކަމަށް އިއުތިރާފްވެއްޖެ
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދުއާ ދެކޮޅަށް ޕީއެންސީއިން ކެމްޕެއިން ކުރިކަމަށް އިއުތިރާފްވެއްޖެ / ތޭރަ އޮންލައިން

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދުއާ ދެކޮޅަށް ޕީއެންސީއިން ކެމްޕެއިން ކުރިކަމަށް އިއުތިރާފްވެއްޖެ

Jun 24, 2026, 10:38 PM
މާލެ ސިޓީ

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެކޮޅަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީއިން ކެމްޕެއިން ކުރިކަމަށް އެ ޕާޓީއިން އިއުތިރާފްވެއްޖެއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން މިކަމަށް އިއުތިރާފުވެފައިވަނީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއެވެ. 

މަޖިލީހުގައި އަންގާރަ ދުވަހު ބަހުސްކުރި، ސިނގިރޭޓު ޑިއުޓީ 4ރ.އަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ފަލާހު ވަނީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް ފަހު ވަގުތު ވޯޓު ހޯދައިދޭން ޖެހުނީ ޕީއެންސީގެ މެމްބަރުންނަށް ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 11 މެމްބަރަކު މީކާއިލަށް ވޯޓު ހޯދައިދޭނެކަމަށް ވައުދުވުމަށް ފަހު ލަނޑުދެއްވީ ކަމަށާ އެހެންވެ ވޯޓު ހޯދައިދޭން ފަހު ވަގުތު ޕީއެންސީގެ މެމްބަރުންގެ ގާތުގައި މީކާއިލް އެދިވަޑައިގެންނެވި ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މީކާއިލްގެ އެ އެދުމަށް ޕީއެންސީއަށް ވީވަރެއް ކޮށްދިން ކަމަށްވެސް ފަލާހު ވަނީ އިއުތިރާފުވެފައެވެ. 

ފަލާހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ އިންތިހާބުގެ ތެރޭގައި، ޕީއެންސީއިން އެމަނިކުފާނާ ދެކޮޅަށް ކެމްޕެއިންކުރާކަމުގެ ވާހަކަ އެތައް ފަހަރަކު ސަމާލުކަމަށް ގެނެސްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved