June 26, 2026
Advertisement
ފާޑުކިޔުން އަމާޒުވުމުން ގޮތް ހުސްވެ، ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިިމިޓު އިތުރުކޮށްދޭން ނިންމައިފި
ފާޑުކިޔުން އަމާޒުވުމުން ގޮތް ހުސްވެ، ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިިމިޓު އިތުރުކޮށްދޭން ނިންމައިފި / ސޯޝަލް މީޑިއާ

ފާޑުކިޔުން އަމާޒުވުމުން ގޮތް ހުސްވެ، ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިިމިޓު އިތުރުކޮށްދޭން ނިންމައިފި

Jun 25, 2026, 09:27 PM
މާލެ ސިޓީ

ފާޑުކިޔުން އަމާޒުވުމުން ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިިމިޓު އިތުރުކޮށްދޭން ނިންމައިފިއެވެ.

Advertisement

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކޭނެ ގޮތެއް ނެތިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން މިއަދުން ފެށިގެން ދަރިވަރުންގެ ވިސާ ފީ ދެއްކުމަށްޓަކައި ކާޑު ލިމިޓު އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް އިން ނިންމާ އެކަން އިއުލާނުކުރީ ބުރާސްފަތި ދުވަހުއެވެ. 

ބީއެމްއެލްގެ ތަރުޖަމާނު، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް މީގެ ކުރިން "ކޭޝްބައި ކޭޝް" އަށް ބެލުމަށްފަހު ބޭންކުން ދިޔައީ ލިމިޓު ދެމުން ކަމަށެވެ.

 ނަމަވެސް، ބުރާސްފަތި ދުވަހުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސް، ހުރިހާ ދަރިވަރުންނަށްވެސް ފަސޭހަކަމާއެކު ވިސާ ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން، ކާޑަށް ލިމިޓް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކުގައެވެ. 

ބޭންކުން މި ބަދަލު ގެންނެސްފައި މިވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކޭނެ ގޮތެއް ނެތިގެން، ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް މީޑިޔާތަކުގައި ރިޕޯޓުކުރި ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved