June 4, 2026
Advertisement
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް ހައްލުލިބޭނެ ކަމަށް ބުނެ ތާރީޚެއް ރައީސް ދެއްވައިފި
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް ހައްލުލިބޭނެ ކަމަށް ބުނެ ތާރީޚެއް ރައީސް ދެއްވައިފި / ރައީސް އޮފިސް

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް ހައްލުލިބޭނެ ކަމަށް ބުނެ ތާރީޚެއް ރައީސް ދެއްވައިފި

Jun 1, 2026, 06:03 PM
މާލެ ސިޓީ

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފައި އޮތް އޮތުމަށް މި މަހުގެ ފަހުކޮޅު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ތާރީކެއް  ދެއްވައިފިއެވެ.

Advertisement

ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ، އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ވެބްސައިޓުތަކުން މުއާމަލާތް ކުރެވޭ އަދަދު ވަނީ ލިމިޓުކޮށްފައިވާ ވުމަށް އިޝާރާތްކުރައްވާ ސަރުކާރުން ފަންޑު ކުރާ ނޫހަކުން، ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސުވާލެއް އަމާުޒުކޮށްފައެވެ.

އެގޮތުން ޑޮލަރު ނުލިބޭތީ ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭނީ ކިހާތާކުތޯ ނޫސްވެރިއާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭންކަށް ދަތިތަކެއް ދިމާވާވެގެން ބަދަލު ގެނައި ނަމަވެސް މި މަސް ނިމޭ ހިސާބު އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭނެ ކަމުގެ އިޝާރާތެއް އެމަނިކުފާނަށް ބޭންކުން ދީފައިވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ކަސްޓަމަރުން އީ-ކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމެއް ނަމަވެސް މިދިޔަ ދުވަސްތަކުގައި ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓާފައެވެ. މީގެ ސަބަބުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved