June 26, 2026
Advertisement
ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު ސަލާމަތްވީ ފަނޑިޔާރަށް ރިޝްވަތުދިގެން: ކުރީގެ ސީޕީ ހުސެއިން
ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު ސަލާމަތްވީ ފަނޑިޔާރަށް ރިޝްވަތުދިގެން: ކުރީގެ ސީޕީ ހުސެއިން / ތޭރަ އޮންލައިން

ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު ސަލާމަތްވީ ފަނޑިޔާރަށް ރިޝްވަތުދިގެން: ކުރީގެ ސީޕީ ހުސެއިން

Jun 26, 2026, 02:16 PM
މާލެ ސިޓީ

ނޫމަޑި މައްސަލައިގައި އޭރުގެ މާލޭގެ މޭޔަރު، އަދި މިހާރު ރައީސްކަމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓު މަރުހަލާއިން ސަލާމަތްވެވަޑައިގަތީ ފަނޑިޔާރަކަށް ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގެ ސްޕީކަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކައިގެ ތެރޭގައި، ހުސެއިން ވަނީ ނޫމަޑި މައްސަލައަށް ނަޒަރު ހިންގަވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން، ނޫމަޑި މައްސަލައިން ރައީސް މުއިއްޒު ސަލާމަތްވެވަޑައިގަތް ގޮތާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލަކާ އޭނާ ސުވާލުކުރެއްވި ކަމަށާއި އެ ވަކީލް ވަނީ އަށްލައްކަ ރުފިޔާގެ ރިޝްވަތު ދިންކަމަށް ވިދާޅުވެފައި ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫމަޑި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށާއި، ރައްޔިތުންގެ މަޖިލީހަށް އަދި ކޯޓަށް ދެއްވި ބަޔާންތަކަށް ބަލާއިރު، ރައީސް މުއިއްޒަކީ "ކައްޒާބެއް" ކަމަށް ސިފަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ، އެއީ ތެދު ވާހަކަތަކެއް ކަމަށާއި، މިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގައި އަތްލާ ހުވާކުރައްވަން ވެސް އޭނާއަށް ކެރިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ދައްކަވާ ކޮންމެ ވާހަކައަކަށް އަމިއްލައަށް ޒިންމާވެވަޑައިގަންނަވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދޭން ޖެހުނީ ރައީސް މުއިއްޒުގެ ސަބަބުން ކަމަށް މީގެކުރިންވެސް ތުހުމަތުތަކެއް އަމާޒުވި ނަމަވެސް އަދި އަދަށް ދާންދެން ވެސް ރައީސް މުއިއްޒު މި ކަމަށް ޖަވާބުދާރީ ވެފައިނުވެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved