July 3, 2026
Advertisement
ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލައެއް ނުބެލޭނެކަން ކުރިން ވެސް ސާބިތުވި: ޑރ ޖަމީލު
ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލައެއް ނުބެލޭނެކަން ކުރިން ވެސް ސާބިތުވި: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލައެއް ނުބެލޭނެކަން ކުރިން ވެސް ސާބިތުވި: ޑރ ޖަމީލު

Jul 3, 2026, 01:20 PM
މާލެ ސިޓީ

 ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އިތުރު އެއްވެސް މައްސަލައެއް ނުބެލޭނެކަން ކުރިން ވެސް ހާމަވެފައިވާ ކަމަށާ އަދި މިހާރު އެކަމަށް އިތުރު ބާރުތަކެއް ލިބިއްޖެ ކަމަށް އެމަނިކުފާނުގެ އިސް ގަނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ޕީއެންސީގެ އެކްޓިވިސްޓުން ރައްޔިތުން ގާތު ވާހަކަ ދައްކަމުންދާ ދިއުމާ ގުޅިގެން ރައީސް ޔާމީން އެކަން ސާފުކޮށް ދެއްވުމަށް ޑރ ޖަމީލު އަރިހު އެދުމުން ޑރ ޖަމީލު ވިދާޅުވީ، ސުޕްރީމު ކޯޓުން ނިމުނު މައްސަަލަ ދައުލަތުން ވެއްދީވެސް ދަށު ކޯޓުގައި ހުރި މައްސަލަ ކާމިޔާބު ނުކުރެވޭނެކަން އެނގިގެން ކަމަށެވެ.

ނަމަވެސް ސުޕްރީމު ކޯޓުގެ ހުކުމާ އެކު އެނގިގެން ދިޔައީ ގޮތް ހުސްވެ ރައީސް ޔާމީން ފްރޭމުކުރަން ދައުލަތުން މަސައްކަތް ކުރި ނަމަވެސް އެންމެ ކުރިންވެސް ގޯސް ހަދާފައިވާ ކަން ކަމަށެވެ. ޑރ ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޖުމްލަކޮށް ބެލި ހުރިހާ މައްސަލައެއް ނުބެލޭނެކަން ވޮޑެމުލާ މައްސަލައިގައި ނެރުނު ހުކުމާ އެކުވެސް އޮތީ ސާބިތުވެފައި ކަމަށާ އަންގާރަ ދުވަހު ސުޕްރީމު ކޯޓުން އިއްވި ހުކުމާ އެކު އިތުރަށް އެކަން ސާބިތުވެގެން ގޮސްފި ކަމަށެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް އިތުރަށް އެއްވެސް މައްސަލައެއް ބަލާ އެމަނިކުފާނު ޖަލަށް ނުލެވޭނެ ކަމަށެވެ.-އިންޓަރ:ޑރ ޖަމީލު ވަނީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއްކަން މާކުރިން ވެސް ސާބިތުވެފައިވާ ކަމަށާ އަދިވެސް އެމަނިކުފާނުގެ މައުސޫމުކަން ކޯޓުން ހާމަކޮށް މިނިވަން ކަމާ އެކު ނުކުމެވަޑައިގަންނަވާނެ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved