July 3, 2026
Advertisement
ބަނގުރޫޓުވީކަން އިއުލާން ނުކުރިޔަސް ރާއްޖެ އޮތީ ބަނގުރޫޓުވެފައި: މޮސްޓާ
ބަނގުރޫޓުވީކަން އިއުލާން ނުކުރިޔަސް ރާއްޖެ އޮތީ ބަނގުރޫޓުވެފައި: މޮސްޓާ / ތޭރަ އޮންލައިން

ބަނގުރޫޓުވީކަން އިއުލާން ނުކުރިޔަސް ރާއްޖެ އޮތީ ބަނގުރޫޓުވެފައި: މޮސްޓާ

Jul 3, 2026, 02:35 PM
މާލެ ސިޓީ

ބަނގުރޫޓުވީކަން އިއުލާން ނުކުރިޔަސް ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރިގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ސްޕީކާރގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ޑޮލަރު ބޭންކު ރޭޓުގައި ހިފެހެއްޓެވި ހަމައެކަނި ރައީސްއަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

މިހާރު ފެންނަމުން ދަނީ އޭރު އޮތް ރަސްމީ ރޭޓު ބޮޑުކޮށް، ޑޮލަރު އަގުބޮޑުކޮށް ބޭންކުން ވިއްކަމުންދާ މަންޒަރު ކަމަށް ވިދާޅުވެ މޮސްޓާ ވިދާޅުވީ، 25 ޕަސެންޓު އިންވެސްޓުކުރުވާ މިހާރު ޑޮލަރު ބޭންކުން ވިއްކަނީ 19 ރުފިޔާ 27 ލާރިއަށް ކަމަށާ އެހާ ހިސާބުން ގައުމު ބަނގުރޫޓުވެގެން ގޮސްފި ކަން އެވަނީ ހާމަވެފައި ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

މޮސްޓާ ވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ޝުޖާއު ހެޕީކޮށް ހުއްޓަސް ދިވެހި ރައްޔިތުން ތިބީ ހެޕީ ކޮށް ނޫން ކަމަށާ ޓިކެޓު ގަންނަން ވެސް ޑޮލަރު ނުލިބޭ ކަމާ އެއް ފިހާރައިން އަނެއް ފިހާރައަށް ދުވެ ދުވެ ވަރުބަލިވާ އިރުވެސް ބޭނުންވާ ބޭސް، ސިޓީއަށް ވެސް ނުލިބޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓަ ވިދާޅުވީ ސަރުކާރު ފެއިލްވިތާ ކިތަންމެ ދުވަހެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved