May 3, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ސަރުކާރަށް މަޖިލިސް ދީފިނަމަ ރައްޔިތުން ގިނަ ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެ: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Mar 22, 2024, 07:50 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ދީފިނަމަ ރައްޔިތުން އިތުރު ގިނަ ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރަށް މެޖޯރިޓީ ދީފިނަމަ ސަރުކާރުން ކުރާ ބޭކާރު ހަރަދުގެ ނިސްބަތް އިތުރުވެ އުފުލިގެން ދާނެކަމަށާއި މި ސަރުކާރުން ގާނޫނަށް ބޯ ނުލަނބާނެކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތުން ޓެކްސް ބޮޑުކުރާނެ ކަމަށާއި ޖުމުލަކޮށް ރައްޔިތުންގެ ފަގީރުކަން އިތުރުވާނެކަމަށް ވެސް ޑރ..ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

އެއާއިއެކު ރައްޔިތުންނަށް އިތުރު ތަކުލީފު މި ސަރުކާރުން ޖައްސާނެކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އެންމެ ބޮޑެތި ޚަރަދުތައް ކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމުގައެވެ.

މުސާރައަށް ބޮޑު ހޭދައެެއް ކުރަން ޖެހުމުގެ ސަބަބުން ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު ކުޑަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved