March 21, 2026
Advertisement
ނިޝާން ޖަލްސާގައި ވާހަކަދައްކަވަނީ
ނިޝާން ޖަލްސާގައި ވާހަކަދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ނިޝާން ރައީސް ޞާލިހަށް: ރައީސް ޔާމީން ނެންގެވި ލޯނުގެ ވާހަކަ ދައްކަން ލަދުވެތިވާންޖެހޭ

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 03:55 AM
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައީސް އަބްދުﷲ ޔާމީންގެ ނެންގެވި ލޯންތަކުގެ ވާހަކަތައް ދެއްކުމުން، އެވާހަކަތައް ދައްކަން ލަދުވެތިވާން ޖެހޭނެކަމަށް ޕީއެންއެފްގެ ފަރާތުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ހެންވެއިރު ދެކުނު ދާއިރާއަަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (ނިޝާން) ވިދާޅުވެއްޖެއެވެ.

Advertisement

ނިޝާން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ނިޝާން ވިދާޅުވީ ރައީސް ޔާމީން ނެންގެވި ލޯންތަކަކީ އެ ލޯންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކޮށްފައިވާ ލޯންތަކެއްކަމަށެވެ.

ލޯން ނަގައިގެން ލޯންތައް ނުދައްކަވާ އެމަނިކުފާނު ނުހުންނަ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ރައީސް ޔާމީން ނެންގެވި ލޯން ތަކުން ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދީ، 25 ބުރީގެ ސިއްހީ ހިދުމަތްދޭ ދަރުމަވަންތަ ހޮސްޕިޓަލް އެޅުއްވިކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ބަލަ ރައީސް ޔާމީނެއް ނޫންތޯ ދިވެހި ރައްޔިތުންގެ އެއާޕޯޓް އެއްކޮށް ގޮސްފައި އޮއްވާ 400، 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ދިވެހިރައްޔިތުންނަށް ދިވެހިރައްޔިތުންގެ އެއާޕޯޓް ހޯދައިދެއްވީ،ތި ދައްކަވަނީ ކޮން ލޯނެއްގެ ވާހަކަތޯ ފުރަތަމައިން.

އިބްރާހިމް މުހައްމަދު (ނިޝާން)

ނިމިދިޔަ ފަސް އަހަރު އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމުގައި ހުންނަވާ ނެންގެވި ލޯންތަކަކީ ގުނާ އަދަދުވެސް ނުކުރެވޭހާ ގިނަ ލޯންތަކެއް ކަމަށްވެސް ނިޝާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް ޔާމީން ނެންގެވި ލޯންތަކުގެ ވާހަކަތައް ދައްކަވަން ލަދުވެތި ވާންޖެހޭނެ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

އޭގެއިތުރުން ނިޝާން ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގައި 30 އަހަރުގައި ނުފެންނަ ވަރުގެ ތަރައްގީ މި ގައުމަށް ފެނިފައިވާނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved