March 20, 2026
Advertisement
މިނިސްޓަރު ޚަލީލުއާ ރައީސް މުއިއްޒު
މިނިސްޓަރު ޚަލީލުއާ ރައީސް މުއިއްޒު / ސަން އޮންލައިން

މިއަދުން ފެށިގެން ޕޭޕަލް ބޭނުންކުރެވޭނޭކަމަށް ބުނެ ރައީސް އޮފީހުން ދޮގު ހަދައިފި

Apr 1, 2024, 12:19 AM
މާލެ ސިޓީ

މިއަދުން ފެށިގެން ޕޭޕަލް ބޭނުންކުރެވޭނޭކަމަށް ބުނެ ރައީސް އޮފީހުން ދޮގު ހަދައިފިއެވެ.

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތައް މިއަދު އަންބްލޮކް ކޮށްފައިވާއިރު، އެކަމާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ފޮނުވި މެސެޖެއްގައި ވަނީ، މިއަދުން ފެށިގެން ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ތެރޭގައި ސްކްރިލް އާއި ޕޭޕަލް ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް މިއަދު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ބްލޮކް ކުރި ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތައް އަންބްލޮކު ކުރުމަށް ފަހު އެކަމާ ގުޅުން ހުރި ޕްލެޓުފޯމުތަކެވެ.

އެގޮތުން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ބީއެމްއެލްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު އަދި މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަނެ، ފޮނުވޭނެ ކަމަށެވެ.

ބީއެމްއެލްގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނުސް. "އަދަދު"ގައި ރޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ބޭނުންކުރުމުގެ ހުއްދަ ދެވުނު ޕްލެޓްފޯމްތަކުގެ ތެރޭގައި "ޕޭޕަލް" ނުހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved