March 22, 2026
Advertisement
ހިތާދޫ ދާއިރާއަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރައްވާ ޝަރީފާ
ހިތާދޫ ދާއިރާއަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރައްވާ ޝަރީފާ / ޝާވިން | ތޭރަ އިމޭޖްސް

މުޅި ސަރުކާރު ޑިފެންސަށް ކުޅެމުންދާ ދިއުމުން ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ މިންވަރު ހާމަވޭ: ޝަރީފާ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 1, 2024, 04:09 AM
މާލެ ސިޓީ

ސަރުކާރާ މެދު ހިތްހަަމަ ނުޖެހުން ފާޅުކުރުމުން، މުޅި ސަރުކާރު ޑިފެންސަށް ކުޅެމުންދާ ދިއުމުން ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ މިންވަރު ހާމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ޕީއެންއެފް ޓިކެޓުގައި ހިތާދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު، ޝަރީފާ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން އާދިއެްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފާ ވިދާޅުވީ، ސަރުކާރަކާ ރައީސެއްގެ ޒިންމާއަކީ ރައްޔިތުންގެ ކަންބޮޑުވުން އަޑު އަހައި އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމުގައި ވީ ނަމަވެސް މި ސަރުކާރާ ސަރުކާރުގެ ވެރިންގެ ކިބައިން ފެނިގެން ދަނީ ޖަދަލުކުރަމުން ދާ މަންޒަރު ކަމަށެވެ.

ރައީސް މުއިއްޒު ދައްކަވަމުން ގެންދަނީ ހުތުރު މިސާލެއް. ރައީސް މީހާއަކީ ކެތްެރިކަމުުގެ ނަމޫނާއަކަށް ވާން ޖެހޭނެ. ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނާ ޖަދަލުކުރަމުން.

ޝަރީފާ

ޝަރީފާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ތެރެއިން ހިންގަމުން ގެންދާ ޖަރީމާތައް ހާމަވަމުންދާތީ މުޅި ސަރުކާރު ގެންދަނީ އެކަން ދިފާއުކޮށް މިނިސްޓަރުންގެ ފެންވަރުން ފެށިގެން ސޯޝަލް މީޑިޔާގައި ޕޯސްޓުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved