20 ވަނަ ރައްޔިތުންގެ މަޖިލިސް ދީފި ނަމަ ބޮޑާކަން އިތުުރުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒާ އިސް ވަޒީރު އަދުރޭ އަކީ ހަގީގަތް އޮޅުވައިލަން ބިރު ނުގަންނަ ބައެއް ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އުޅުނީ ރައީސް ޔާމީނު ޖަލުގައި ބާއްވައިގެން ވެރިކަމަށް އަންނަން ކަން އޭރު ވެސް އެ ޕާޓީގެ ނަޒާހަތްތެރި މެންބަރުން ދެއްކިކަމަށެވެ.
އަދި ރައީސް މުއިއްޒާއި އަދުރޭ ރައީސް ޔާމީނާ ދޭތެރޭ ގެންގުޅުއްވާ ބަސްމަގުންނާ، ވާހަކަތައް ބަދަލުވެގެން ދިޔަ މިންވަރުން މިހާރު އެކަން ކަށަވަރުވެއްޖެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހަގީގަތް އޮޅުވާލަން މި ދެބޭފުޅުން ވެސް ކުރައްވާ މަސައްކަތުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބް ދީގެން ނުވާނެ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
20 ވަނަ މަޖިލިސް އިންތިޚާބްގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ސަރުކާރުގެ އިސް ފަރާތްތަކުން ގޮވާލަމުން އަންނަ އިރު ގިނަ ބަޔަކު ބުނަމުން ދަނީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ސަރުކާރާ އިދިކޮޅު ބަޔަކަށް މަޖިލިސް ދެވިގެންކަމަށެވެ.