May 1, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެޑިޝަން.އެމްވީ

މި މަހު ސަރުކާރު ހުޅުވިފައި ހުންނާނީ އެންމެ 11 ދުވަހު

Aishath Naja
އައިޝަތު ނަޖާ
Apr 2, 2024, 08:39 PM
މާލެ ސިޓީ

އޭޕްރީލް މަހު ސަރުކާރު އޮފީސްތައް އާންމު އުސޫލުން ހުޅުވައިގެން ހިދުމަތް ދޭނީ އެންމެ 11 ދުވަހުކަން ހާމަވެއްޖެއެވެ.

Advertisement

އޭޕްރީލް މަހުގެ ގިނަ ދުވަސްތަކެއް ބަންދު ވަނީ ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދު ކުރުމާ ގުޅިގެންނެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ނުވަ ދުވަހަކީ ރޯދަ މަހުގެ ފަހު 10 ގައި ހިމެނޭ ދުވަސްތަކެވެ.

އެއަށްފަހު ފިތުރު އީދުގެ މުނާސަބަތުގައި އިތުރު ތިން ދުވަސް ބަންދުވެ އެވެ.

މި ބަންދުތަކަށް ފަހު ސަރުކާރު ހުޅުވާނީ އޭޕްރީލް 14 ގައިކަން ފާހަގަކޮށްލެވެއެވެ.

އޭގެފަހުން ހަފުތާއެއް ވަންދެން ސަރުކާރު ހުޅުވައިގެން ހިދުމަތް ދިނުމަށް ފަހު މި މަހުގެ 21 އަދި 22 ބަންދު ވެއެވެ.

އެއީ މަޖިލިސް އިންތިހާބާ ގުޅިގެން ބަންދު ކުރާ ދެ ދުވަހެވެ. އިންތިހާބަށް ފަހު އަންނަ ރަސްމީ ހަ ދުވަހު ސަރުކާރު ހުޅުވާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved