March 29, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

މިނިވަންކުރަން ބޭނުންވިނަމަ ލީޑަޝިޕުން މުޒާހަރާ އެހާ ފަނޑުކޮށް ނުގެންދާނެ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 4, 2024, 08:47 PM
މާލެ ސިޓީ

އެމަނިކުފާނު މިނިވަންކުރަން ބޭނުންވި ނަމަ އެއްވެސް ހާލަތެއްގައި ކުރެވުނު މުޒާހަރާތައް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ފަނޑުކޮށް ނުގެންދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާއެއްގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރަން މިހާރުގެ ރައީސް ޑރ.މުއިއްޒު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ މި ސަރުކާރުން އަތްބާނައިގެން ކަމަށެވެ.

އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި ވެރިންގެ ގޮތުގައި ތިބި މީހުން އެމަނިކުފާނު މިނިވަންވާން ބޭނުން ނުވާކަމަށެވެ.

ރައީސް ޔާމީން މިނިވަންވާން ބޭނުންވާނަމަ މުޒާހަރާ އެހާ ފަނޑުކޮށް އާދައިގެ ގޮތަކަށް ނުދާނެ ކަމަށް ވެސް ވިދާޅުވެ ރައީސް ޔާމީންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.


އޭރުވެސް އެމަނިކުފާނުގެ ހައްގުގައި މުޒާހަރާ ކުރީ އާންމު މެމްބަރުން ކަމަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތްތަކަށް އަތްބާނާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދައްކާނެ ކަމަށާއި އެވާހަކަތައް ދައްކައިގެން މާދަމާ ޖަލަށް ގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved