

ފިޝަރީޒް މިނިސްޓާރ އަހުމަދު ޝިޔާމް ގެންދަވަނީ ދޮގު ހައްދަވަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އޭރުގެ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޑރ. ޖަމީލް ރައީސް ޔާމީންގެ ވަކީލަކަށް ހުންނަވައިގެން ދެއްވައިފި ކަމަށް ޝިޔާމް ވިދާޅުވުމުން ޑރ ޖަމީލް ވަނީ ވަރަށް ބައިވަރު ސުވާލުތަކެއްް ޝިޔާމަށް އަމާޒު ކުރައްވާފައެވެ.
އެގޮތުން ޑރ.ޖަމީލް ވަނީ ޝިޔާމަށް ސުވާލު އަމާޒުކުރައްވަމުން މިއަދު ރައީސް ޔާމީންގެ ހައްގުތައް ކޮބާތޯ އައްސަވާފައެވެ.
އިދިކޮޅުގައި އޮންނަވާ ރައީސް ޔާމީން ގެ އިސްތިއުނާފް މައްސަލަ ލަސްވަމުންދިޔައިރު އަޑު އުފުލި އިރު މިއަދު ސަރުކާރުގެ ކެބިނެޓްގައި އިނދެގެން ރައީސް ޔާމީންގެ އިސްތިއުނާފް ލަސްވަމުންދާއިރު އަޑު ނުއުފުލަނީ ކީއްވެގެންތޯވެސް ޑރ ޖަމީލް ވަނީ އައްސަވާފައެވެ.
އެގޮތުން މި ސަރުކާރު ހޯދީ ރައީސް ޔާމިން ގެ ހުސްގޮނޑި ދައްކަވައިގެން ކަމަށްވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އެދުވަހު މިނިސްޓަރ ޝިޔާމް ދެއްކެވީ އެހެން ވާހަކައެއް ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ އަދުގެ ސަރުކާރުން ރައީސް ޔާމިނަށް ލުޔެއް ދީފާއިނުވާތީ އެވާހަކަވެސް ދައްކަވާފައެވެ.
އޭރުގައި ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްޗައް ކޮށްފައިވަނީ ހަރާން ހުކުމެއް ކަމަށް ވިދާޅުވެފައިވާއިރު މިއަދު އެހެންނ ވިދާޅުވާން ނުކެރެނީ ކީއްވެގެންތޯވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ޑރ ޖަމީލް ވިދާޅުވީ މަސްވެރިންގެ ވާހަކަތައް ދައްކަވާ ގޮތައް ގާނޫނީ ވާހަކަތައް މިނިސްޓާރ ޝިޔާމް ނުދެއްކުމަށެވެ. އެ ވާހަކަތަކަކީ ބުއްދި ގަބޫލު ކުރާ ވާހަކަތަކެއް ނޫންކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.