March 22, 2026
Advertisement
ޕީއެންއެފް
ޕީއެންއެފް / ތޭރަ އޮންލައިން

ޕީއެންއެފް އުފައްދާ ޖަލްސާ މިރޭ އޮންނާނެ!

Aishath Naja
އައިޝަތު ނަޖާ
Apr 9, 2024, 05:48 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އިއުލާންކޮށްފިއެވެ.


މިކަން ހާމަކޮށްފައިވަނީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލުއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕިއެންއެފް އުފެއްދެވުމަށް ބާއްވަން ޖެހޭ ޖަލްސާ 9 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު މިރޭ 9:15ގައި ޣިޔާސުއްދީން ހޯލުގައި އޮންނާން ކަމަށެވެ.

Advertisement

އަދި އެޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް މަލީހުވަނީ ހާމަކުރައްވާފައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދިނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް ޔާމީން އަދިވެސް ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމުން، އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved