March 22, 2026
Advertisement
ރައީސް ޔާމީން އަދި ދަރިކަލުން ޒެއިން
ރައީސް ޔާމީން އަދި ދަރިކަލުން ޒެއިން / ތޭރަ އޮންލައިން

ޕީއެންއެފް އުފެއްދި ޖަލްސާއިން ފެނުނީ ރައީސް ޔާމީނަށް އޮތް ލޯބި!

Aishath Naja
އައިޝަތު ނަޖާ
Apr 11, 2024, 06:28 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދި ޖަލްސާއިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޮތް ލޮެއެތްބާ ތާއިދު ފެނިއްޖެއެވެ.

Advertisement

އޭޕްރިލް 9 ވަނަ ދުވަހުގެ ރޭ ޕީއެންއެފް އުފެއްދުނު އިރު އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން އައީ ކެނޑިނޭޅި ހުރަސްއަޅަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ފެނިގެންދިޔައީ ޖަލްސާ ބާެއްވާ ސަރަހައްދައް ސްޓެލްކޯ އިން ކަރަންޓު ނުދިން މަންޒަރެވެ.

ޕީއެންއެފުން އަމިއްލަ ޖަނަރޭޓަރެއް ހޯދައިގެން ޖަލްސާ ކުރިޔަށް ގެންދާން އުޅުމުން އެސް އޯ ފުލުހުން ފޮނުވައިގެން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުން ވަނީ ބައިވެރިންތައް ބޭރުކޮށްލާފައެެވެ.

ރައީސް ޔާމީންގެ ހައްގުގައި ތިބި އެތައް ބަޔަކު ދެން ފެނުނީ ރާޅުގަނޑު ސަރަހައްދުގެ ކަނު އަނދިރިންނެވެ.

އީސީން ޕާޓީ އުފެއްދިއްޖެކަން އިއުލާން ކުރި އިރު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ޕާޓީގެ މުއައްސިސް ދަރިކަލުން ޒެއިން އާއެކު އިންނެވީ ވަރަށް ވެސް އުފަލުންނެވެ.

ޕާޓީ ކުލަ އާ، ނިޝާނާ، ސިއްކައާ، ވަގުތީ ސެނެޓަކާ މަގާމްތައް އިއުލާން ކޮށް ނިންމާލީ ޕާޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެރޭ ދެން އެންމެ ފަހުން ފެނިގެންދިޔައީ ޖަލްސާ ނިމުނު ގަޑިއަށް ރައީސް ޔާމީން އެ ސަރަހައްދައް ވަޑައިގެން މަންޒަރެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަގީގަތުގައި ވެސް އީދު އައީ އެވަގުތުއެވެ.

ޕާޓީ އުފެދުމުގެ އުފަލުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމުންނެވެ.

ސަރުކާރުން ހީކުރީ އެމަނިކުފާނަށް އޮތް ތާއިދު ފަނޑުވީ ކަމަށެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ މުޅިންވެސް ތަފާތު މަންޒަރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved