May 1, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 11, 2024, 08:31 PM
މާލެ ސިޓީ

ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި ކަނޑައަޅައިފިއެވެ.

Advertisement

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުވެސް ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރު 1:00 ކަމަށެވެ.

މި އުސޫލުން ސަރުކާރުން އަމަލުކުރަމުން އަންނަތާ މިއީ ތިން ވަނަ އަހަރެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުމުގައި ވަނީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި އަކީ ހަމަޖައްސަވާފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved