ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ކެމްޕެއިނަށް ބޭނުންކުރާ، ޕިއެންސީއިން އެމްޑީޕީ ގޮވައިގެން އީސީއަށް ދާނެކަމަށް ބުނެފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައި ހުރި ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކުރި ގޮތުގައި، ދޮގު ވާހަކަތައް ފަތުރައިގެން އެމްޑީޕީން އެންޓި ކެމްޕޭން ކުރަމުން ގެންދާކަމަށެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ލާރި ދީގެން، ޕީއެންސީއާ ދެކޮޅަށް ދޮގު ވާހަކަތައް ދައްކާ އެންޓި ކެމްޕޭން ކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށް، ހީނާ ވަނީ އެންޓި ކެމްޕޭން ކުރުމަކީ ޤާނޫނާވެސް ހިލާފު ކަމެއް ކަމަށާއި އެހެންކަމުން މިފަދަ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ހާމަކޮށްފައެވެ.
އެންޓި ކެމްޕެއިންގެ މައްސަލަ ޕީއެންސީއިން ހުށަހަޅާނެ ކަމަށް ބުނެފައިވާއިރު ޕީއެންސީއިން ކެމްޕެއިނަށް ނަހަމަ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން ކަމަށާ އެކަން ހުއްޓާލުމަށް ޓްރާސްންސްޕޭރެންސީ އިން ވަނީ ސަރުކާރަށް އަންގާ ބަޔާންވެސް ނެރެފައެވެ. އެހެންކަމުން ސަރުކާރުން ފުރަތަމަ ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓާލުމަށް ފަހު އެހެން މީހުން ހިފާ ހައްޔަރުކުރަން މަސައްކަތްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ.