May 25, 2026
Advertisement
ގައުމީ ކަމެއްގައި އެއްބަސްވެ އޭގެ ފަހުން ސިޔާސީ ކަމެއްގައި ދެބަސްވުން ވެސް އޮވޭ: ރައީސް ޔާމީން
ގައުމީ ކަމެއްގައި އެއްބަސްވެ އޭގެ ފަހުން ސިޔާސީ ކަމެއްގައި ދެބަސްވުން ވެސް އޮވޭ: ރައީސް ޔާމީން

ގައުމީ ކަމެއްގައި އެއްބަސްވެ އޭގެ ފަހުން ސިޔާސީ ކަމެއްގައި ދެބަސްވުން ވެސް އޮވޭ: ރައީސް ޔާމީން

May 25, 2026, 08:02 PM
މާލެ ސިޓީ

ގައުމީ ކަމެއްގައި އެއްބަސްވެ އޭގެ ފަހުން ސިޔާސީ ކަމެއްގައި ދެބަސްވުން ވެސް އޮންނަ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދޅާުވީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން އެމްޑީޕީއާ އެކު ގައުމީ މަސައްކަތެއް ކުރަން ނިންމާ އެކަން އިއުލާންކުރުމުން އަދުގެ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވަނީ އެމަނިކުފާނަކީ ޣައްދާރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ލާގައުމީ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކޮށްފައެވެ. އެކަންކަަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު އުފަންވީ ސަރުކާރުގެ ދޯހަޅި ކަމުން ކަމަށެވެ.

އެގޮތުން ގައުމުގައި ގާނޫނުއަސާސީއާ ޚިލާފު އެތައް ކަމެއް ކުރަމުން ރައިސުލްޖުމްހޫރިއްޔާ ގެންދަވަނީ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވާ ބާރުތައް މުށު ތެރެއަސް ލައިގެން ހުންނަވާ ކަމަށާ އަދި އެމަނިކުފާނާ ދެކޮޅަށް އެއިން ބަޔަކަށް ބަސް ބުނަން ނުކެރުމުން ނޫސްވެރިން ނުކުމެ އެމަނިކުފާނާ ސަރުކާރު ޖަވާބުދާރީ ކުރުވަން ފެށުމުން ނުސްވެރިން ޖަލަށްލާ ދެން ހަމަ ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނާ ހަމައަށް ތިލަވާނެ ގޮތް ހުސްވެ މުޅި ގައުމު ވަލު ޖެހެން ފެށުމުން އެމަނިކުފާނުގެ ގައުމީވަންތަކަން އެގޮތަށް ދާން ޒަމިރު ގަބޫލު ނުކުރެއްވީ ކަމަށެވެ.

ރައީސް ޔާމީން ވަނީ އެމްޑީޕީއާ އެކު ގައުމީ ކަންކަމުގައި އެއްބަސްވެވޭނެ ކަންކަން ހުރެދާނެ ކަމަށާ އެހެން ނަމަވެސް ސިޔާސީ ގޮތުން ހަމަ ދެބަސް ވެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިޔާސި ވިސްނުން އަދިވެސް ހުރީ ގައުމީ ފިކުރުގައި ކަމަށްވެސް ވިދާޅުވެފައެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން ކަނޑު ވިއްކާލުމާ ދެކޮޅަށް ވެސް އެމަނިކުފާނުގެ މޭސްތިރިކަމުގެ ަށުން ޑިމޮކްރެޓްސްއާ އެކު މަސައްކަތްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved