March 12, 2026
Advertisement
މޮންގޯލިއާއަށް ދަތުރު ކުރުމަށްއޮން އެރައިވަލް ވިސާ ހަމަ ޖެއްސުން
މޮންގޯލިއާއަށް ދަތުރު ކުރުމަށްއޮން އެރައިވަލް ވިސާ ހަމަ ޖެއްސުން / ސޯޝަލް މީޑިއާ

ދިވެހިންނަށް ވިސާއާއި ނުލައި މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 15, 2024, 09:11 PM

ދިވެހިރާއްޖެއާއި މޮންގޯލިއާއާ ދެމެދު ވެފައިވާ ވިސާ ވެއިވަރ އެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާނުލައި މޮންގޯލިއާއަށް އެތެރެވެވޭނެ ކަމަށް ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

Advertisement

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވިސާ އާއި ނުލައި ދަތުރު ކުރެވޭ ގޮތް ހަދާފައިވާއިރު ދެ ޤައުމުގެ ދެމެދު ވިސާ ވެއިވަރ އެއްބަސްވުން ގާއިމްކޮށްފައިވަނީ އޮގަސްޓު މަހު 17 ވަނަ ދުވަހުއެވެ.

މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. ހަމައެންމެ މި އެއްބަސްވުމުގެ ދަށުން މޮންގޯލިއާ ރައްޔިތުންނަށްވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގާކަށް ނުޖެހޭނެއެވެ.
ނަމަވެސް ތަޢުލީމު ޙާސިލުކުރުމާއި ވަޒީފާއާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުން ދުރާލާ ވިސާ ނަގަންޖެހޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މިއެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved