March 9, 2026
Advertisement
ބިލެތްދޫގައި މަގޫދޫ ކައުންސިލާ ރައީސް ބައްދަލު ކުރައްވަނީ
ބިލެތްދޫގައި މަގޫދޫ ކައުންސިލާ ރައީސް ބައްދަލު ކުރައްވަނީ / ރައީސް އޮފިސް

މުއިއްޒު "ފ" އަތޮޅުން މަގޫދޫ ބާކީކޮށްލައިފި!

Aishath Naja
އައިޝަތު ނަޖާ
Apr 17, 2024, 01:25 AM
މާލެ ސިޓީ

ރަސްމީ ދަތުރުގެ ނަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ކުރަމުން އަންނަ ކެމްޕެއިން ދަތުރުތަކުގައި، ފ އަތޮޅުގެ މަގޫދޫ ނޫން ހުރިހާ ރަށަކަށް ވަޑައިގެންކަން ހާމަވެއްޖެއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތު ދެމުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ މަގޫދޫ ރައްޔިތުން ދެކެ ރުޅިއައިސްފައި ކަމަށެވެ. އެމަނިކުފާނާ ދެކޮޅަށް އިހުތިޖާޖް ތައް ކުރާތީ ރައީސް މުއިއްޒު ހިތްހަމަ ނުޖެހޭ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މަގޫދޫ އެ އަތޮޅުން ބާކީ ކުރާކަން ހާމަވެފައިވަނީ އެ ރަށުގައި އަޅަން ފަށާފައިވާ އެއާޕޯޓް ގެ މަސައްކަތް ރައީސް މުއިއްޒު ހުއްޓާލުމުންނެވެ. މިކަން ހުދު އެމަނިކުފާނު ވަނީ އެއްބަސްވެފައެވެ.

އެގޮތުން އެ އަތޮޅު ބިލެތްދޫ އަށް ވަޑައިގަތް މަގޫދޫ ކައުންސިލާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމުން އެ ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް މަޑުޖައްސާލާފައިވާ ވާހަކައެވެ، ނަމަވެސް މަސައްކަތް ހުއްޓާ ނުލާކަމަށެވެ.

މީގެ ކުރިން ސަރުކާރުގެ މިނިސްޓަރުން ބުނަމުން އައީ މަސައްކަތް މަޑު ޖައްސާލާފައިވެސް ނުވަތަ ހުއްޓާލަފައިވެސް ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަތަަކުން ދޭހަވީ އަމިއްލަ މަންފާ އަށް ރަށެއްގެ ތަރައްގީގެ މަޝްރޫޢުއެއް ހުއްޓާލާކަށްވެސް ފަސް ނުޖެހޭނެކަމަށެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެމުން އެ ރަށަށް ނިސްބަތްވާ މީހަކު ބުނީ ނަމެއްގައި އެއާޕޯޓްގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެކަމަކު މަސައްކަތް ކުރަނީ ދޯހަޅި ގޮތަކަށް ކަމަށެވެ.

އެއާޕޯޓްގެ މަސައްކަތް ރަނގަޅަށް ނުކުރާކަމުގައި ވާނަމަ މުޒާހަރާތައް ފަށަން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved