March 22, 2026
Advertisement
ޕީއެންއެފް އަކީ އާ ޕީޕީއެމް
ޕީއެންއެފް އަކީ އާ ޕީޕީއެމް / ސޯޝަލް މީޑިއާ

ޕީ.އެން.އެފް އަކީ އައު ޕީ.ޕީ.އެމް: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Apr 17, 2024, 01:59 AM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އަކީ އައު ޕީ.ޕީ.އެމް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާއަށް ޕީ.އެން.އެފްގެ ޓިކެޓުގައި ވާދަކުރައްވާ އާމިނަތު ރުޢްލާ އަޙްމަދުގެ  ކެމްޕޭނަށް ކ.ހުރާ އަށާއި ހިންމަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަދައްކަވަމުންނެވެ.

މަލީޙް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުން ފަހަތަށް ނުޖެހޭނެ ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އެކަން ރައީސް މުޢިއްޒު އަށާއި އަދުރޭއަށް އިހުސާސްވާނެ ކަމަށެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު، ސޯޝަލް މީޑިއާގައި ރައީސް ޑރ. މުޢިއްޒު ދައުލަތުގެ ފައިސާއިން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާތައް ޖަމާކުރިކަމުގެ އިންޓެލިޖެންސް ރިޕޯޓުތަކެއް ދައުރުވެފައިވެއެވެ.  

ޕީ.އެން.އެފް އިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މިގޮތުން އެމަނިކުފާނު މިވަގުތު ގޭ ބަންދުގައި ވާއިރު، އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުން އެއްކޮށް މިނިވަން ވާނެ ދުވަހަކަށް ރައްޔިތުން ދަނީ އިންތިޒާރުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved