
ފުވައްމުލަކު އުތުރު ދާއިރާ އަށް މަޖިލިސް އިންތިޚާބްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕާޓީ (ޕީއެންއެފް) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށް އެމްޑީޕީން ތާއިދުކުރަން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށް އެމްޑީޕީން ތާއިދުކުރަން ނިންމާފައިވާކަމަށެވެ.
އެހެންކަމުން އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީނަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ޕީއެންއެފްގެ އިސް ފަރާތްތަކުން ވެސް މިވާހަކަ އިއުލާންކޮށްފައިވާއިރު، ޕީއެންެއެފްގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް މުއިއްޒު ނޫން ގޮތެއް ހޯދަން ޖެހޭ ވަގުތުކަމަށެވެ.
މިކަން ކުރުމަށްޓަކައި ކުލަ އަކަށް ބެލުމެއްނެތި އެއްކޮށް ގައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށްވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.










