March 21, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

މެޑަމް ސާޖިދާ އަންނަނީ ސަރުކާރު ހިންގުމުގެ ތެރެޔަށް އަތްބާނަމުން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 18, 2024, 03:19 AM
މާލެ ސިޓީ

އަދުގެ ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި މި ގައުމުގެ މިހާރުގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ އަންނަނީ ސަރުކާރުގެ ތެރެޔަށް އަތްބާނަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި އުސްތާޒް އާދަމް އާސިފާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީޕިއެމް/ޕިއެންސީގެ ލީޑަރޝިޕަށް މައްސަލައަކަށްވީ މެޑަމް ފާތުން ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވުމުންކަމަށެވެ.

މިއަދުގެ ފަސްޓް ލޭޑީ ސަރުކާރުގެ ތެރެޔަށް އަތްބާނަމުން ގެންދަވާއިރު ޕީޕީއެމް/ޕީއެންސީގެ ފަރާތްތަކުން ހަނު ހުންނަވަނީ ކީއްވެގެންތޯ އައްސަވާ ރައީސް ޔާމިން ވަނީ އެ ކޯލިޝަންގެ މެމްބަރުންނަށް ވަރުގަދަ ސުވާލެއް ވެސް އަމާޒުކުރައްވާފައެވެ.

މިއަދުގެ ފަސްޓް ލޭޑީ، މެޑަމްތޯ ސިޔާސީ މަސައްކަތުގައި އުޅުއްވައިގެން ސަރުކާރުގެ ހިންގުމުގެ ތެރެޔަށް އަތްބާނަނީ ނުވަތަ މިހާރުގެ މެޑަމްތޯ ކުރައްވަނީ؟ މިހާރު ކޮބައިތޯ، މިހާެރުގެ މެޑަމް އެ ކުރައްވާ މަސައްކަތާ، ދެ ފަރާތުގެ އާއިލާއަށް ވަޒީފާ ދިނުމާއި، ކަންކަން ކުރަމުންގެންދާއިރު ކޮބައިތޯ އެއްކަލަ ޕީޕީއެމް/ޕިއެންސީ މެމްބަރުން ހަނު އެތިބެނީ ކީއްވެތޯ، އަދިވެސް ކޮވިޑްގައި އެޅި މާސްކު އަޅައިގެންތޯ އެތިއްބަވަނީ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާރުގެ ފަސްޓް ލޭޑީ އުޅުއްވާގޮތުން ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އުނދަގޫ ނުވާކަމަށެވެ.

އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި އިރު އަނބިކަނބަލުން މެޑަމް ފާތުން މަސައްކަތައް ނިކުމެވަޑައިގެން އުޅުއްވީމާ އެވާހަކަ ވަރަށް އަޑުހަރުކޮށް ދެއްކެވީ ޕީޕީއެމް/ޕިއެންސީގެ ލީޑަރޝިޕްކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފާޑުކިޔުން ވަނީ އެބޭފުޅުންނަށް އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved