March 21, 2026
Advertisement
އަނދުރޭ ވަރުގެ ކޮރަޕްޓް މީހެއް ނެތް: ލޯޔަރ އާސިފް
އަނދުރޭ ވަރުގެ ކޮރަޕްޓް މީހެއް ނެތް: ލޯޔަރ އާސިފް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

އަނދުރޭއަށްވުރެ ކޮރަޕްޓް މީހެއް މި ރާއްޖޭގަ ނެތް: ލޯޔަރ އާސިފް

Aminath Zara
އައިމިނަތު ޒާރާ
Apr 18, 2024, 03:21 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރްންޓް (ޕީ.އެން.އެފް) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ބާއްވާފައިވާ އެ ޕާޓީގެ ޖަލްސާގައި ޢަބްދުއްރަޙީމް ޢަބްދުﷲ (އަނދުރޭ) އަށް ވުރެ ކޮރަޕްޓް، އަދި އެއަށްވުރެ އަމިއްލަ އެދުން ބޮޑު މީހެއް މި ދިވެހިރާއްޖޭގައި ނުހުންނާނެ ކަމަށް އަލްއުސްތާޛު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

Advertisement

އާސިފް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން މަނީ ލޯންޑްރިންގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއި އެކުގައި އަނދުރޭގެ އަސްލު ސިފަ ފެންނަން ފަށާފައިވާ ކަމަށެވެ. މިގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް އޭރުގެ ޕީޕީއެމް އިން ކުރިއަށް ގެންދިޔާ މުޒާހަރާތައް ކުރިއަށް ނުގެންދިޔުމަށާއި އެކަމާއި އަބްދުއްރަޙީމް ވަރަށް ދެކޮޅު ކަމަށް އާސިފް ފާހަގަކޮށްފައިވެއެވެ.

މިހާރުގެ ރައީސުލްޖުމްހޫރުއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މާލެ ސިޓީގެ މޭޔަރު ކަމާއި 2021 މެއި 17 ވަނަ ދުވަހު ޙަވާލުވެ ވަޑައިގަތުމާއިއެކު އަނދުރޭ މުޢިއްޒު އާއި އެކު ސިއްރު ބައްދަލުވުންތައް ބާއްވާ ރައީސް ޔާމީން އެއް ފަރާތްކޮށް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ބޭވަފާތެރި ނުވާކަމަށާއި، ޚިޔާނާތްތެރި ނުވާ ކަމަށް ބުނެ އަނދުރޭ ދައްކާ ވާހަކަތައް މިހާރު ރައްޔިތުން ޤަބޫލުނުކުރާނެކަމަށްވެސް އާސިފް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި އެކު އަނދުރޭ މަސައްކަތް ފެށީ އޭނާގެ އާއިލާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމާއި އަމިއްލަ މާލީ މަންފާ ހޯދުމަށްކަމަށް ފާހަގަކޮށް، ރައީސް މުޢިއްޒު އާއި އަނދުރޭ އެހާ ގުޅިގެން އުޅެނީ ދެފަރާތަކީވެސް ކޮރަޕްޝަންގެ ޢަމަލުތަކަށް ހުސްވެފައިވާ ފަރާތްތަކެއްކަމަށް ބުނެފައިވެއެވެ.

މި ޖަލްސާގައި ރައީސް ޔާމީންވެސް އާސިފް އާއި ސުވާލުކޮށް ޑިސްކަޝަން ސެޝަން އެއް ގޮތަށް ކުރިއަށް ގެންގިސްފައިވާއިރު ރައީސް ޔާމީންވެސް ވަނީ މުއިއްޒު އަނދުރޭ އާއި އެހާ ގުޅުން އޮންނަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved