March 12, 2026
Advertisement
ޔަހޫދީންގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ޔަހޫދީންގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ / ސޯޝަލް މީޑިއާ

ޔަހޫދީން ހަނގުރާމަ ވަރުގަދަކުރަން ތައުލީމީ ވުޒާރާގެ ބަޖެޓް ބޮޑު އަދަދެއް އުނިކުރަން ނިންމައިފައިވާ ކަމަށް ތުހުމަތުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 15, 2024, 11:16 PM

އިސްރާއީލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ނިކަމެތި ރައަޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ގަދަ ކުރުމަށްޓަކައި، ފައިސާ ހޯދުމަށްޓަ އެގައުމުގެ ތައުލީމީ ވުޒާރާއާއި ސިއްހަތާއި ބެހޭ ވުޒާރާގެ ބަޖެޓުން އެތައް މިލިއަން ޑޮލަރެއް އުނިކުރަން އުޅޭ ކަމުގެ ތުހުމަތުތައް ކުރަން ފަށައިފިއެވެ.

Advertisement

އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރު ކޮންމެ ދުވަހަކު ހަނގުރާމައިގެ އަމަލީ ހާލަތުގައި އޮޕަރޭޓް ކުރުމަކީ ހަރަދު ބޮޑު ކަމެކެވެ.

ފަލަސްތީނުގެ ހިތްވަރު ގަދަ މުޖާހިދުން ބަލިކުރަން އިސްރާއީލަށް އުނދަގޫވެގެން ދިއުމުގެ ނަތީޖާ އަކަށް ވީ ހަނގުރާމަ ދިގުދެމިގެން ދިއުމެވެ.

އިސްރާއީލުގެ ޔަހޫދީން ބޭނުން ވަނީ ފަލަސްތީނުގެ ޣައްޒާއިން ހަމާސްގެ ބާރު އެއްކޮށް ކަނޑުވާލުމަށެވެ. ނަމަވެސް މުޖާހިދުންނަކީ އެހާ ފަސޭހައިން ބަލިކުރެވޭނެ ބައެއް ނޫން ކަން އިސްރާއީލަށް ނުވިސްނުމަކީ ތާރީހުން އިބްރަތް ނުހޯދާ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޔަހޫދީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ހަނގުރާމަ ކުރާ ކޮންމެ ދުވަހަކަށް ޔަހޫދީންގެ ދައުލަތުން 269 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރަން ޖެހެއެވެ. މިއީ އިގްތިސޯދީ ގޮތުން އިސްރާއީލަށް ވަރަށް ބޮޑު ބުރައެކެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 1،139ގައި ރިޕޯޓް ކުރާއިރު، އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަަމަށް ބެލެވެއެވެ. އެއީ ޣައްޒާގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވަމުންދާ ސިފައިންގެ އަދަދުތައް އިތުރުވެފައިވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved