March 23, 2026
Advertisement
މަޖިލީހަށް ހޮވަން ނުޖެހޭ އެންމެ ފުރަތަމަ ފަރާތަކީ އަނދުރޭ: ހުސައިން ވަހީދު
މަޖިލީހަށް ހޮވަން ނުޖެހޭ އެންމެ ފުރަތަމަ ފަރާތަކީ އަނދުރޭ: ހުސައިން ވަހީދު / ތޭރަ އޮންލައިން

ރައްޔިތުންގެ މަޖިލީހަށް ހޮވަން ނުޖެހޭ ފުރަތަމަ ފަރާތަކީ އަދުރޭ: ހުސައިން ވަޙީދު

Aminath Zara
އައިމިނަތު ޒާރާ
Apr 19, 2024, 03:42 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހަށް ހޮވަން ނުޖެހޭ، އެންމެ ނާޤާބިލް ފުރަތަމަ ފަރާތަކީ ލ.ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް ޙުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ސީޕީ ހުސައިން މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ސްޕޯކްސްޕާސާން މަޖިލީހަށް ހޮވަން ނުޖެހޭ 20 މީހުން އެބަތިބިކަމަށް ވިދާޅުވެފައިވަނިކޮށެވެ. ރައީސް މުޢިއްޒު ކުރައްވާފައިވަނީ ކެމްޕެއިންގ އެންމެ ދަތުރެއް ކަމަށާއި ދެން އިތުރަށް ކޮށްފައި ވަނީ ރައްޔިތުންގެ ޙާލު ބެއްލެވުމަށް ކުރެއްވި ދަތުރުތައް ކަމަށް ހީނާ ވިދާޅުވެފައިވާތީ، އެއަށް ސީޕީ ހުސައިން ވަޙީދު ރައްދުދެއްވާފައިވެއެވެ.

މިގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަސްވެރިންނަށް ޙައްގުވާ ފައިސާ ނުދީގެން ގއ.ކޫއްޑޫގައި ހަފްތާއަކަށް ދެމިގެން ދިޔަ މުޒާހަރާ އާއި ގުޅިގެން މަސްވެރިންގެ ޙާލު ބެއްލެވުމަށް މުޢިއްޒު ގޮސްފައިނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ މަހެއް ވެގެން ދިޔައިރު އެ ރަށުގެ ރައްޔިތުންގެ ޙާލު ބައްލަވާލައްވަން ވަޑައިނުގަތީ ކީއްވެގެންތޯވެސް ރައީސް ޔާމީންވެސް ވަނީ ސުވާލު އުފައްދަވާފައެވެ. ވެރިކަމަށް 05 މަސް ވީއިރު، 02 މަސްވަރު ކަރަންޓްގެ މައްސަލައެއް ޙައްލުނުވެ ދިގުލައިގެންދިޔުމަކީ ސަރުކާރު ނާޤާބިލް ވުމުގެ ހެއްކެއް ކަމަށް ރޭގެ ޖަލްސާގައި ވާހަކަދައްކާފައިވެއެވެ.

މި ސަރުކާރަކ އަމިއްލަ އެދުމެއް ނެތި ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އިންތިޚާބަށް ދެތިން ދުވަސް ވުމުން ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ޙައްލުކުރަން އުޅުމަކީ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުން ހައްލާލަން މަސައްކަތްކުރުން ކަމަށް ފާހަގަކޮށްފައިވެއެވެ.

 ރޭ ހުޅުމާލެ ފޭސް 2 ގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ހުސައިން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރު ދަމަހައްޓަން ދިވެހި ރައްޔިތުން ބޭނުންފުޅުވަނަމަ ޢަބްދުއްރަޙީމް ފަދަ މީހަކު މަޖިލީހަށް އިންތިޚާބުކުރަން ހެޔޮނުވާނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved