April 15, 2026
Advertisement
އިމިގްރޭޝަނުން ހޯދަމުންދާ ދެ ބިދޭސީން
އިމިގްރޭޝަނުން ހޯދަމުންދާ ދެ ބިދޭސީން / ސޯޝަލް މީޑިއާ

ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 15, 2024, 11:16 PM
މާލެ ސިޓީ

ފިލައިގެން އުޅޭ ބަންގްލަދޭޝް ދެ މީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

Advertisement

އިމިގްރޭޝަނުން އެކްސްގައި ކޯށްފައިވާ ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދެ ފިރިހެނުން ފިލައިގެން އުޅޭ ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި ވަނީ، އެ ދެމީހުންނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތެއް އިމިގްރޭޝަންއަށް ހިއްސާކުރުމަށް އެދިފައެވެ.

ރާއްޖޭގައި މިހާރު ގަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ބަލައި ފާސްކޮށް އެކަމަށް ފިޔަވަޅު އެޅުމަށް ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ.

އެގޮތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކްކުރުން ހިމެނެއެވެ. އަދި ޗެކް ކުރުމަށްފަހު އިމިގްރޭޝަންގެ ގާނޫނާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރިޔަށް ދާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ވެސް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved