April 29, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ / ތޭރަ އޮންލައިން

މަޖިލީހަށް އިންތިޚާބްވެވަޑައިގެންނެވި މެމްބަރުންނަށް ޑރ.ޖަމީލްގެ މަރުޚަބާ!

Aishath Naja
އައިޝަތު ނަޖާ
Apr 23, 2024, 12:40 AM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބްވެވަޑައިގެންނެވި މެމްބަރުންނަށް ޕީއެންއެފްގެ ވަގުތީ ސެނެޓް މެމްބަރ އަދި ރައީސް ޔާމީން ގެ އިސްގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު މަރުހަބާ ދަންނަވައިފިއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ލިބުމުން ރައީސް މުއިއްޒުގެ ވައުދުތައް ފުއެްދެވުމަށް ދެން އެއްވެސް ހުރަހެއް ނެތްކަމަށެވެ.

މިހާރު ރާއްޖޭގެ ރައްޔިތުންގެ މިއޮތް ހާލަތު ބަދަލުކޮށްލުމަށް އިންތިޚާބްވެވަޑައިގެންނެވި މެމްބަރުންތައް އިހުލާސްތެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޑރ ޖަމީލް ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮރަޕްޝަނާ ފަސާދައަށް ޖާގަ ނުދެއްވުމަށް މެމްބަރުންނަށް ޑރ ޖަމީލް ވަނީ ނަސޭހަތްތެރިވެސް ވެފައެވެ.

އޭގެއިތުރުން މިނިވަންކަމަށް ގެއްލުން ލިބުނު އެންމެހާ ކަންތައްތައް ވަގުތުން ނިމުމަކަށް ގެނެސްދިނުމަށް ގޮވާލާ، ގެއްލުނު ކަނޑު ހޯދައިދެއްވުމަށް ވެސް މެމްބަރުންގެ އަރިހުން ޑރ ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.

އޭގެއިތުރުން ގައުމުގެ ބިމާ ހަރު މުދާ ފަދަތަކެތި ބޭރުގެ މީހުންނަށް ނުވިއްކުމަށް ވެސް މަޖިލީހަށް އިންތިޚާބް ވެވަޑައިގެންނެވި މެމްބަރުންނަށް ޑރ ޖަމީލް ވަނީ ގޮވާލައްވާފައެވެ.

މެމްބަރުން މަޖިލިސް ތަޅުމުގައި ކުރައްވާ ކޮންމެ ތެދުވެރިކަމަކަށް ތާއިދު ކުރައްވާނެ ކަމަށާ ގޯސްކަން ކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved