ރައީސް ޔާމީން
ސިޔާސީ
ކުށްކުރުން އިތުރުވަނީ ގާނޫނު ތަންފީޒުކުރަންތިބޭ މީހުންގެ ކޮރުކަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
23 އޭޕްރީލު 2024
މާލެ ސިޓީ

ގައުމުތަކުގައި ކުށް ކުރުން އިތުރުވެގެންދަނީ އެކަންކަމަށް ކަނު ލޮލެއްދި ބީރުކަންފަތެއްދޭ ފަދައިން ކަންކަން ކުރިއަށްދާތީ ކަމަށާ މިއަދު ރާއްޖޭގައި ވެސް އެކަން އޮތީ އެހެން ކަމަށް ޕީއެންއެފްގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ވެރިންގެ ގޮތުގައި ތިބެންވާނީ ފިސާރި ކެރިގެން ގާނޫނުތައް ތަންފީޒުކުރަން ކެރިވަޑައިގަންނަވާ ބޭފުޅުން ކަމަށާ އެހެން ނުވެއްޖެ ނަމަ އެތަނެއްގައި ފަސާދައާ ކޮރަޕްޝަން އަދި ވައްކަން ކުރުން ފަދަ ކުށްތައް އާންމުވެގެން ދާނެ ކަމަށެވެ.

ގާނޫނުތަކުގައި ހުރި މައްސަލައެއް ނޫން މިއުޅެނީކީ. މިއުޅެނީ އެ ގާނޫނުތައް ތަންފީޒުކުރަން ތިބި މީހުންނަށް އެކަން ކުރަން ނުކެރިގެން.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، އިންތިހާބުތަކާ ދިމާކޮށް ފައިސާ ބެހުންވެސް އާންމުވެފައިވީ ނަމަވެސް އެކަންކަން ހުއްޓުވަން ތިބި މުއައްސަސާތަކަށް އެކަންކަން ފެންނަ ކަމަށްވެސް ނުވުމަކީ ވެސް އެފަދަ ބޮޑެތި ކުށްކުރުމަށް އަރައިގަނެ އެފަދަ ނޭއްގާނީ ކަންކަން ކުރަން ލިބޭ ހިތްވަރެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved