ޕީއެންސީ ޖަލްސާއެއްގައި ހަވާ އަރުވަނީ / ވަގުތު.އެމްވީ
ސިޔާސީ
ހަވާ އަރުވަމުންދާ ވާހަކަ ދެއްކުމުން، ސަރުކާރުގެ ވަޒީރުން ޑިފެންސަށް!
27 އޭޕްރީލު 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އިންތިހާބީ މެމްބަރުން ހަވާ އަރުވަނީ ސަރުކާރުގެ ޚަރަދުގައި ނޫން ކަމަށް ބުނެ ސަރުކާރު ޑިފެންސަށް ކުޅެންފަށައިފިއެވެ.

ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލް ލަތީފް ވިދާޅުވީ ހަވާ އަރުވަމުންގެންދަވަނީ މެމްބަރުން އަމިއްލައަށް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ޗެނަލް 13 އަށް މައުލޫމާތުދިން ގޮތުގައި ސަރުކާރުން ވަނީ ސަރުކާރުގެ ކެންޑިޑޭޓުން އިންތިޚާބްވުމުން އެކަމުގެ އުފަލުގައި ދައުލަތުގެ ފައިސާ އެ ފަރާތްތަކަށް ދީފައެވެ.

އަދި އެ މެމްބަރުން އުފާފާޅު ކުރަމުން އެ ގެންދަވަނީ އެ ފައިސާއިން ކަމަށް ވެސް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ޕީއެންއެފްގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ކަންބޮޑުވުންފާޅުކުރައްވާ އެކްސްގައި ޕޯސްޓެއް ކުރުމުން އެ ޕޯސްޓް ޗެނަލް 13 އިން ވަނީ ހަބަރެއްގެ ގޮތުގައި ޝާއިއުކޮށްފައެވެ.

މި ޚަބަރު ޝާއިއު ކުރުމާއެކު ސަރުކާރުގެ ވަޒީރުން އަންނަނީ ސަރުކާރު ދިފާއުކުރުމަށް ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ކުރަމުން އިތުރުފުޅުހައްދަވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved