May 1, 2026
Advertisement
އެމްޖޭއޭ
އެމްޖޭއޭ / އެޑިޝަން.އެމްވީ

ނޫސްވެރިންގެ ފޯނު ވެއްދުން މަނާކުރި މައްސަލާގައި އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Apr 29, 2024, 12:28 AM
މާލެ ސިޓީ

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

މި މައްސަަލައިގައި އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފޯނު ވެއްދުން މަނާކުރި މައްސަލާގައި އެ ޖަމިއްޔާއިން ރައީސް އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.

އަދި ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމާއި މީގެ ކުރިން ވެސް ރައީސް އޮފީހަށް ފޯނު ވެއްދޭކަން ފާހަގަކޮށްފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނަނީ އެ ފިޔަވަޅަކީ ސަލާމަތީ ޕްރޮޓޮކޯލްގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ވެއްދޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނޫސްވެރިންނަށް މިނިވަން ނޫސްވެރިކަމެެއް ކުރެވެން ނެތްކަން ފާހަގަކޮށް ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved