April 24, 2026
Advertisement
މީޑިޔާ ކައުންސިލް ގެ ބައްދަލުވުން
މީޑިޔާ ކައުންސިލް ގެ ބައްދަލުވުން / މޯލްޑިވްސް މީޑިއާ ކައުންސިލް

ރައީސް އޮފީހަށް ފޯނު ނުވެއްދޭނެކަމަށް ބުނުމުން، އެއީ ބަލައިގަނެވޭނެކަމެއް ނޫން: އެމްއެމްސީ

Aishath Naja
އައިޝަތު ނަޖާ
Apr 29, 2024, 02:12 AM
މާލެ ސިޓީ

ނޫސްވެރިންގެ ބައްދަލުވުންތަކަށް ދާއިރު ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭނެކަމަށް އެންގުމުން މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އެކަމާ ގުޅުވައި މޯލްޑިވްސް މީޑިޔާ ކައުންސިލް އިން ވަނީ ބަޔާން ނެރެފައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ މިއަދު ރައީސް އޮފީހަށް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަމަށް ރައީސް އޮފީހުން އެންގުމުން އެ ކައުންސިލަށް ވަރަށް ގިނަ ނޫސްވެރިިން ކަންބޮޑުވުންފާޅުކޮށްފައިވާކަމަށެވެ.

ފޯނަކީ ނޫސްވެރިންގެ މަސައްކަތުގައި މުހިންމު ވަސީލަތަކަށް ވާއިރު، ފޯނު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް އޮފީހުން ނުދިނުމަކީ އެ ކައުންސިލް އިން ކަންބޮޑުވާކަމެއް ކަމަށެވެ.

އޭގެއިތުރުން މިކަން މިހެން ހިނގާފައިވާތީވެ އެ ކައުންސިލް ގެ ފަރާތުން ރައީސް އޮފީހަށް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް ފޯނުވެއްދުމަށް މަނާކުރަން އަންގާފައިވަނީ އެމްއެންޑީއެފް އިން ކަމަށް ރައީސް އޮފީހުން އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި އެހެންނަމަވެސް ވީއެންމެ އަވަހަށް ފޯނު ނޫސްވެރިންނަށް ބޭނުންކުރެވޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް ރައީސް އޮފީހުން އެ ކައުންސިލަށް ބުނެފައިވާ ކަމަށް އެ ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved