March 19, 2026
Advertisement
ހަމަލާތަލުގެ ސަބަބުން ޝަހީދުވި ހޫތީންގެ ޖަނާޒާ ބާއްވަނީ
ހަމަލާތަލުގެ ސަބަބުން ޝަހީދުވި ހޫތީންގެ ޖަނާޒާ ބާއްވަނީ / ނިއުޔޯކް ޓައިމްސް

ހޫތީންގެ ރައްދު ހަމަލާތައް ވަރުގަދަކޮށްފި!

Faina Faiz
ފައިނާ ފާއިޒް
Jan 16, 2024, 09:58 PM
ޔަމަން

އީރާނުގެ ތާއީދު އޮތް ހަނގުރާމަވެރި ހޫތީން ވަނީ އެމީހުންގެ އަސްކަރީ ސަރަހައްދުތަކަށް އެމެރިކާ އާއި އިނގިރޭސި ސިފައިންގެ ހަމަލާތައް ދިންތާ ދުވަސްތަކެއް ފަހުން އަނބުރާ ހަމަލާދީފިއެވެ.

Advertisement

މީގެ އެއް ދުވަސް ކުރިން ދުނިޔޭގެ ވިޔަފާރިއަށް މުހިންމު ޝިޕިން ލޭންތަކުގައި އީރާނުގެ ތާއީދު އޮންނަ، ހޫތީ ހަނގުރާމަވެރިން ވަނީ އެމެރިކާގެ ހަނގުރާމަ މަނަވަރަކަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް މި ހަމަލާ އަމާޒުވީ ޔޫއެސްގެ ވިޔަފާރި ބޯޓަކަށެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާއިން ޔަމަނުގެ ހަނގުރާމަވެރިންނަށް ވަރުގަދަ ހަމަލާތަކެއްދިންތާ ދުވަސްކޮޅެއް ފަހުންކަން ފާހަގަކޮށްލެވެއެވެ.

ހޫތީންގެ ރައްދު ހަމަލާއިން ރަތް ކަނޑުގެ ވަށައިގެންވާ ބޯޓުފަހަރުތަކަށް، ހާއްސަ ގޮތެއްގައި އިދިކޮޅު އިސްރާއީލަށް ތާއީދުކުރާ ގައުމުތަކުގެ ސިފައިންނަށް ހޫތީން ކުރިމަތިކުރާނެ ފިއްތުންތައް ނައްތާލުމަކީ ކިހާ އުނދަގޫ ކަމެއްކަންވެސް ވަނީ އިދިކޮޅު ސިފައިންނަށް މިހާރު ވާނީ ސާފުވެފައިކަން މި ހަމަލާއިން ވަނީ ކަށަވަރުވެފައިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަށް އެމެރިކާއިން ތާއީދުކޮށް ހަމަލާތަކަށް ބޭނުންވާ ހަތިޔާރުތައް އެ ގައުމަށް ފޯރުކޮށްދޭތީ ހުތީން ދަނީ މި އެމެރިކާގެ އަސްކަރީ ދޯނިފަހަރަށް ހަމަލާދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved