ރާއްޖޭގައި މަސައްކަތްތެރިންނަށް އޮތް ގޮންޖެހުން ބޮޑުކަމަށް ވިދާޅުވެ، ޕީއެންެއެފްގެ ސެނެޓް މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
މަސައްކަތްތެެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް އަރުވަމުން ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންނަށް އޮތް ގޮންޖެހުން ވަރަށް ވެސް ބޮޑު ކަމަށެވެ.
އެގޮތުން މަސްވެރިންނަށް މަހުގެ އަގު ނުލިބުމާއި އެ ސިޔާނަތް ހީނަރުވަމުންދާ ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ސިވިލް ސާވިސް ވަޒީފާ އަދާކުރައްވާ ފަރާތްތަކަށްވުރެ ބޮޑަށް ސިޔާސީ އެކްޓިވިސްޓުންގެ މުސާރަ ބޮޑުވެފައިވާއިރު އެކަމަކީ ވެސް ކަންބޮޑުވާކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާޔަތކީ ފަތުރުވެރިކަމަށްވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށްވުރެ ބިދޭސީން ގިނަ ކަމަށާއި ދިވެހިންނަށް ލިބޭ މުސާރަ ކުޑަ ކަމަށް ވެސް ޑރ ޖަމީލް ގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެ ދާއިރާގައި މިހާރު ހުންނެވި ވަޒީރަކީ މިއަދު އެދާއިރާގެ މޫނުބަލާ ލޯގަނޑުކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އެކަމުން ވެސް ދޭހަވަނީ ސަރުކާރު ސީރިއަސް ނޫންކަމަށާއި ސަރުކާރަށް މުހިންމީ ވަރުގަދަ ބްރޭންޑްތައް ތަމްސީލުކޮށް މާރކެޓް ކުރުމަށް ފެންވަރާއި ހުނަރު ދެއްކުމަށް ވުރެ ސިޔާސީ ސްކޯރ ކުރެވޭތޯ ބެލުން ކަމަށް ވިދާޅުވެ ޑރ ޖަމީލް ގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުކުރައްވާފައެވެ.
ނަތީޖާއެއްގެ ގޮތުގައި ފެނިގެންދަނީ ގައުމަށް އެންމެ މުހިންމު ސިނާޢަތުގެ ވެރިންނާ، މަސައްކަތްކުރާ އެންމެންގެ ޙައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތްކަން ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.